އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

         މި މަރުކަޒުގެ ސެކިއުރިޓީ 01 ޖެނުއަރީ 2023 އިން 31 ޑިސެމްބަރ 2023 އަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

        މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ޑިސެންބަރ 2022  ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އަބޫބަކުރު ސްކޫލުގައެވެ.

ބީލަން ރަޖިސްޓްރޭޝަން ލިންކް: shorturl.at/ptwV9

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން 14:00 ދެމެދު، ތިރީގައި މިވާ އެޑްރެހަށެވެ.

އަބޫބަކުރު ސްކޫލް

ގދ. ތިނަދޫ

ފޯން: . 6842095/6842755

އީ-މެއިލް: [email protected]

13 ޑިސެންބަރު 2022

13 ޑިސެންބަރު 2022
ހޯދާ