މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނަރުހުން ސްޕެޝަލައިޒްވުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތު 2022

15 މާސްޓަރސް ޑިގްރީ

ކޯހުގެލެވެލް އަދި ޢަދަދު:

ސާކުޤައުމުތައް، މެލޭޝިޔާ، ފިލިޕީންސް

ޤައުމު:

1.ނާރސިންގ  ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން

2.މޯލްޑިވްސް ނާރސިންގ  އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވުން.

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަމުންގެންދާ ފަރާތެއް ކަމުގައިވުން.

2.އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން.

3.އެދޭކޯހާއި އެއްފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންގެންދާ  ފަރާތެއްކަމުގައި ނުވުން.

ކޯހުގެޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުމުގެ ކޮޕީ.

4.އެދޭ ސްކޮލަރޝިޕް ކަނޑައެޅިފައިވާ ހޮސްޕިޓަލާއި  ދާއިރާ އެނެކްސް -2 ގައި ފާހަގަކޮށްފައި ހުށަހަޅަންވާނެ.

5.މޯލްޑިވްސް ނާރސިންގ  އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.

6.ނާރސިންގ ޑިގްރީ ހެދުމަށްފަހު ވަޒީފާގައި އުޅޭ ނުވަތަ ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުން.

7.އެދޭ ކޯހާއި މަރުކަޒަކީ  މޯލްޑިވްސް ނާރސިންގ  އެންޑް މިޑްވައިފްރީ ކައުންސިލް އިން ޤަބޫލުކުރާކަމުގެ ލިޔުން.

8.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ ކެންޑިޑޭޓަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

9.މި ސްކޮލަރޝިޕްގެ ޝަރުތު ފުރިހަމަކުރުމަށް ހުށަހަޅަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ލިބިފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

10.ހުށަހަޅާ މަތީތަޢުލީމުގެ ހުރިހާ ސެޓުފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައެވެ. ޕްރޮވިޝަނަލް ސެޓްފިކެޓެއް ހުށަހަޅާނަމަވެސް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ސެޓްފިކެޓެއް ގަބޫލުކުރާނޭ ކަމުގެ ލިޔުމެއް ނުވަތަ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

11.އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ.

12.އެޕްލިކޭޝަނާއެކު ހުށަހަޅާ ޓްރާންސްކްރިޕްޓެއްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، ކިޔެވި ތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

13.ކުރިން ކިޔެވުމަށް ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެކަން ބަޔާންކުރާ ކެންޑިޑޭޓުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ލޯނު ދެއްކުމާ ޙަވާލުވާނަމަ، އެ ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި

 

*މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ކެންޑިޑޭޓުން ކޯސް އެލޮކޭޓްކުރެވިފައިވާ ހޮސްޕިޓަލެއްގައި، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ. ބޮންޑު އުސޫލް މި މިނިސްޓްރީގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.

*ކޯސް ފުރިހަމަ ނުކޮށްފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކޮށްފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދު މި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ ދައްކަންވާނެވެ.

*ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓު ހޮވުމުގައި އިސްކަންދޭނީ ބެޗްލަރސް ޑިގްރީ ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތުގެ ދިގުމިނަށެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ.

*ސްކޮލަރޝިޕްތަކަށް ކުރިމަތިލާފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތައް ހޮވުމަށްފަހު ކޮލިފައިވާ އިތުރުފަރާތްތައް ތިބިނަމަ، ޝަރުތުތަކަށް ބަލައި ސްކޮލަރޝިޕް އެދިފައިވާ ދާއިރާއަކުން ހުސް ޖާގަހުރިނަމަ، އެޖާގަތައް ހަމަޖައްސައި ދެވޭނެއެވެ.

*މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު އެނެކްސް 1 އިން ލިބޭނެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

13 ޑިސެންބަރު 2022
ހޯދާ