އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވިފައިވާ ނަންބަރ GS187/IUL/2022/11 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީވެ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022  ޑިސެމްބަރ 13 އިން 2022 ޑިސެމްބަރ 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ފުރަންޖެހޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ.  މިބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2022ޑިސެމްބަރ 18 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  2022 ޑިސެމްބަރ 19 ވާ ހޯމަ ދުވަހުގެ 10:00  ގައި މިސްކޫލްގައި އޮންނާނެއެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ   2022ޑިސެންބަރ 22 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމު އިޢުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިސްދޫ ކަލައިދޫ ސްކޫލް

ލ.ކަލައިދޫ ، ދިވެހިރާއްޖެ.

ފޯން:  6800743

އީމެއިލް: [email protected]

13 ޑިސެންބަރު 2022
ހޯދާ