ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ޕްރީސްކޫލް ވަށާފާރު ރޭނުން

                     އިޢުލާން                                                                                                

ހއ. މުރައިދޫ ޕްރީސްކޫލްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުން

އަމިއްލަ ތަކެތީގައި މިރަށު ޕްރީސްކޫލްގެ ވަށާފާރު ރާނާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ:(IUL)256/256/2022/61

ޢިއުލާނާއި ގުޅިގެން ހުށަހެޅި ބިޑުތައް ބޮޑުކަމަށް ފެންނާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ،މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް

ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަންހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)

ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު 19/2014

(އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައިރަޖިސްޓްރީކޮށްފައިވާ އަމިއްލަ 

ވިޔަފާރި ތަކަށެވެ. 

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު"ފުރުއްވުމަށްފަހު، މި އިދާރާގެ އީމެއިލް

[email protected] އަށް ފޮނުއްވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން، އެ ފަރާތަކަށް އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.  

ބީލަން ރަޖިސްޓްރީ ކުރުން:

13 ޑިސެމްބަރ 2022 ން 20 ޑިސެމްބަރ 2022 ގެ 13:00 ގެ ނިޔަލަށް

ބީލަން ފޮތް ދޫކުރުން:

14 ޑިސެމްބަރ 2022 ން 20 ޑިސެމްބަރ 2022 ގެ13:00 ގެ ނިޔަލަށް

ޕްރީބިޑް ބައްދަލުވުން :

21 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގައި

ބީލަން ބަލައިގަތުން :

25 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި

ބީލަންތައް ހުޅުވުން :

25 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:05 ގައި މި އިދާރާގައި

ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް

ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ

ސިޓީ އުރައެއްގައެވެ. ބީލަން ތައްޔާރުކުރާނެ ގޮތުގެ އިރުޝާދުތައް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ. އިތުރު މަޢުލޫމާތު

ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6500032 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                  

13 ޑިސެންބަރު 2022
ހޯދާ