ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމު

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް. 1 / އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 

ބޭނުންވާ އަދަދު

01

 

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

ރީޖަނަލް ސެކްޝަން /  ޕަބްލިކް ވަރކްސް ސަރވިސަސް / ލ. ފޮނަދޫ ސައިޓް

 

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/3,565 ރ.

ސަރވިސް އެލަވަންސް: -/1,500ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)

 

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސައިޓް އޮފީހަށް އަންނަ ހުރިހާ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، ލިޔެކިޔުންތައް އެންޓްރީކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް އެތަކެތި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ޙަވާލުކުރުން.
  2. ސައިޓް އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ގުޅާފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ސައިޓް އޮފީހަށް މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
  4. ސައިޓް އޮފީހުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.
  5. ސައިޓް އޮފީހަށް ލިބޭ ލިޔުންތަކާއި ފޮނުވޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  6. ސައިޓް އޮފީހުގައި ކުރާ އެކިއެކި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކުއެސްޓް ފޯމް ހެދުމާއި، ސްޓޭޝަނަރީ ސްޓޮކް ބެލެހެއްޓުން.
  7. ސައިޓް އޮފީހުން ފޮނުވާ ނޯޓް، ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުން.
  8. ސައިޓް އޮފީހަށް އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ސައިޓް އޮފީހުގެ މުވައްޒަފުންގެ ޙާޒިރީ،  ޗުއްޓީއާ ބެހޭ ކަންތައްތައް ބެލެހެއްޓުން.
  10. އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެކޯޑްސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 
  11. މީގެ އިތުރުން ކުރަންޖެހުނު ސައިޓްގެ ކަމެއް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

1. ތައުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ)  ، ލ. ފޮނަދޫ ސައިޓް ނުވަތަ ލ. އަތޮޅު ކައުންސިލް އިދާރާއަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 4 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.

 

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ޑިސެންބަރު 2014- ޖަނަވަރީ 2015 އާ ދެމެދުގެ ތާރީޚެއްގައި މިސަރވިސަސް ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުން، ޕަބްލިކް ވަރކްސް ސަރވިސަސްގެ ލ. ފޮނަދޫ ސައިޓުން އަދި ލ. އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

26  މުޙައްރަމް  1436

19 ނޮވެންބަރު 2014
ހޯދާ