ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނީލަންކިޔުން

ނީލަންކިޔުން

       މި ކޯޓުގައި ހުރި ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  24 ޑިސެމްބަރު 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 20 ޑިސެމްބަރު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ.  ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

       ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 24 ޑިސެމްބަރު 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

      ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

        19 ޖުމާދަލްއޫލާ 1444 ހ.

        13 ޑިސެމްބަރު 2022 މ.

13 ޑިސެންބަރު 2022
ހޯދާ