ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ހަރުމުދާ ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

 

މިސްކޫލްގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ހަރުމުދާ ހުރުމާއިއެކު މިތަކެތި ނީލަން ކިޔުމަށް  އިޢުލާން ކުރަމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްސީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2022 ޑިސެންބަރު 23 ވާ ހުކުރު ދުވަހުގެ ހެނދުނު 8:30 އަށް ތުޅާދޫ ސްކޫލްގެ ކުރީގެ އެސެންބްލީ ގްރައުންޑަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ވަގުތުން ފައިސާ ދެއްކެވުމަށް ފަހު ރަސްމީ 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެ ވާހަކަ ދަންނަވަމެވެ.

 

19 ޖުމާދަލްއައްވަލް 1444

13 ޑިސެންބަރު 2022

13 ޑިސެންބަރު 2022
ހޯދާ