މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ކައުންސިލް ސުޕަވައިޒަރ

ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް

ކޮމިއުނިޓީ ކައުންސިލް ސުޕަވައިޒަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ކޮންޓްރެކްޓް – 6 މަސް  (ކައުންސިލުން ބޭނުންވާނަމަ 6 މަހުން އާކުރެވޭނެ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުނިސިޕަލް އެންޑް އިންފުރާސްޓްރަކްޗާރ ޔުނިޓް، ކ. ތުލުސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

4465.00 ރުފިޔާ

އެލަވަންސް:

ސާރވިސް އެލަވަންސް 1500.00 ރުފިޔާ

މިނިމަމް ވޭޖް އެލަވަންސް 1200.00 ރުފިޔާ

ކޯ އެލަވަންސް 700.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކައުންސިލުން އަންގާގޮތުގެ މަތިން ބަލަހައްޓާ، މުވައްޒަފުން ލައްވާ ކުރުވުން.
  3. ކުނިގޮނޑުގެ މަސައްކަތްތައް ކައުންސިލުން އަންގާގޮތުގެ މަތިން ބަލަހައްޓާ، މުވައްޒަފުން ލައްވާ ކުރުވުން.
  4. ރަށުގެ ސަރަހައްދުތައް ސާފުކުރުމުގެ އެންމެހާ ކަންކަން ބަލަހައްޓާ މުވައްޒަފުން ލައްވާކުރުވުން.
  5. ބަނދަރު ސަރަހައްދުގެ ކަންކަން ބަލަހައްޓާ މުވައްޒަފުން ލައްވާ ކުރުވުން.
  6. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދާ ބެލެހެއްޓުން.
  7. މަސައްކަތްތަކުގައި ބޭނުންކުރާ މެނިޝިނަރީސް އޮޕަރޭޓުކޮށް ބެލެހެއްޓުން.
  8. ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހަވާލުވެ ހުންނެވި ސުޕަވައިޒަރުގެ ލަފާގެ މަތިންކުރުން.
  9. މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
  10. ރަށުގެ ގޮނޑޮދޮށްތަކާއި އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން.
  11. ތަރިކަ -2 އިން ގެންނަ ކާޑާއި ގޭސް ރައްކާތެރިކަމާއެކު ގުދަންކުރުމުގެ މަސައްކަތްކޮށް ބެލެހެއްޓުން.
  1. ކައުންސިލުން އިންތިޒާމްކުރާ އިވެންޓްތަކަށް ތަންތަން ތައްޔާރުކުރުމާއި ސްޕަވައިޒްކުރުން.
  2. ކައުންސިލްގެ ބެލުމުގެދަށުގައިވާ އިމާރާތްތައް ސުޕަވައިޒްކޮށް ކައުންސިލަށް ރިޕޯޓުކުރުން.
  3. މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކާއި އެހެނިހެން ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  4. ކައުންސިލުން ހިންގާ ޕްރޮޖެކްތައް ސްޕަވައިޒްކޮށް ކައުންސިލަށް ރިޕޯޓްކުރުމުން ގެންދިޔުން.
  5. މުވައްޒަފުންގެ އަޚުލާގާއި ސުލޫކީ މިންގަނޑުތައް ބަލަހައްޓަމުން ގެންދިއުމާއި އިސްލާހުކުރުންޖެހޭ ކަންތައްތައް ފާހަގަކޮށް ވެރިންގެ ސަމާލުކަމަށް ގެނައުން.
  6. ކައުންސިލުން އިންތިޒާމްކުރާ ކަންކަމުގައި ބައިވެރިވެ މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުތުތައް :  ގުރޭޑް 7ގެ ފެންވަރުހުރުން އަދި

 ދާއިރާއާގުޅޭ 5 އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ

އޯލެވެލް ހަދާފައިވުމާއި އަދި

1 އަހަރުގެ ތަޖުރިބާ ލިބިފައިވުން

4 ފުރޮޅުލީ އުޅަނދުދުއްވުމުގެ ލައިސެންސް އޮންނަ ފަރާތްތަކާއި ކަރަންޓްވައިރުކޮށް ރާނަންދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

  1. ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު ކ.ތުލުސްދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. އަސާސީ ޝަރުތު ހަމަވުން – %50
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު/ހުނަރު - %5
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  4. އިންޓަރވިއު - %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 21 ޑިސެމްބަރ 2022  ބުދަ ދުވަހުގެ 13:00 ގެ ކުރިން ކ. ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 25 ޑިސެމްބަރ 2022 އިން 05 ޖެނުއަރީ 2023 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640183 އަށެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޑިސެންބަރު 2022
ހޯދާ