ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު ނާލާފުށީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުން

             1 ޖަނަވަރީ 2023 އިން 31 ޑިސެންބަރު 2023 އަށް މީލާދީ 1 ( އެކެއް)  އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ޢިމާރާތްތަކާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ  ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

            މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

 

           މިކަމާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13.00 ގައި މި ސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 22 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13.00 ގައި މި ސްކޫލްގައެވެ.

 

         މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީ އާއެކު އެފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

         އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ރަސްމީ ގަޑީގައި 7952907 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.  

         ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި            " މ. ނާލާފުށީ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި " މިހެން ލިޔެވައި އޮންނަންވާނެއެވެ.

          ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

13 ޑިސެންބަރު 2022
ހޯދާ