ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
މަސައްކަތު

ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

މަސައްކަތު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް.އެސް 1 / ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް

ކޯޕަރޭޓް ސެކްޝަން/  ޕަބްލިކް ވަރކްސް ސަރވިސަސް / ކ.މާލެ

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/3,100 ރ.

ސަރވިސް އެލަވަންސް: -/1,000 ރ

 (އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)

ޝަރުޠު

1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހާއި އޮފީހުގެ ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުން.
  2. މީޓިންގތަކަށް ރިފްރެޝްމަންޓްގެ ޚިދުމަތް ދިނުން.
  3. ނޯޓް، ސިޓީ، މެމޯ ފަދަ ތަކެތި އޮފީހުގެ އެކި ސެކްޝަންތަކާއި މިނިސްޓްރީގެ ދާއިރާތަކަށް ރައްދުކުރުން.
  4. އޮފީހުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  5. މީގެއިތުރުން އޮފީހުގައި ކުރަންހޭ މަސައްކަތްތައް ވެރިން އަންގަވާ ގޮތުގެ މަތިންކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

1. ތައުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ ހީވާގި މީހެއްކަމުގައިވުން.

5. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޙް:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (އަމީނީމަގު، މާފަންނު / މާލެ)
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ޑިސެންބަރު 2014 – ޖަނަވަރީ 2015 އާ ދެމެދުގެ ތާރީޚެއްގައި މިސަރވިސަސް ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

26  މުޙައްރަމް  1436

19 ނޮވެންބަރު 2014
ހޯދާ