ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ސީނިއަރ އޮފިސަރ، ޕްރޮޕަރޓީ މެނޭޖްމެންޓް

މި ކޯޕަރޭޝަނުން ސީނިއަރ އޮފިސަރ، ޕްރޮޕަރޓީ މެނޭޖްމެންޓް މަޤާމަށް ކުރި ނަންބަރު (IUL)FDC-HR/1/2022/80 އިއުލާން (04 ޑިސެންބަރ 2022) ގެ މުއްދަތު ތިރީގައިވާ ގޮތަށް އިތުރު ކުރަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

ސީނިއަރ އޮފިސަރ، ޕްރޮޕަރޓީ މެނޭޖްމެންޓް   

ބޭނުންވާ އަދަދު

02

ކުރިމަތިލުމުގެ  ސުންގަޑި

15 ޑިސެންބަރ ބުރާސްފަތި ދުވަހުގެ 16:00

 ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/tJZRZKdXs7UT9ihu8

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އައިޑީ ކާޑުގެ މުއަދަތު ހަމަވެފައިވާނަމަ ޕާސްޕޯރޓް ނުވަތަ ޑްރަވިންގް ލައިސެންސް ކާޑު ކޮޕީ)
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ވަޒީފާ އަދާކުރަމުންދާ ނުވަތަ އަދާކުރި އިދާރާތަކުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

12 ޑިސެންބަރ 2022

12 ޑިސެންބަރު 2022
ހޯދާ