އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާތަކެތި ނީލަންކިއުން

ވަރަށް ކުރިއްސުރެ ފެށިގެން މިކައުންސިލްގައި ބޭނުންކޮށް ބާވެ ހަލާކު ވެފައިވާ ތަކެތި ނީލަންކިޔާ ވިއްކާލުމަށްވަނީ ބޭނުންވެފައެވެ. ނީލަމުގައި ވިއްކާލުމަށް ބޭނުންވާތަކެތީގެތެރޭގައި، އެއަރކޯން، ސީލިންގފަންކާ، ފޮޓޯކޮޕީމެޝިން، ޕްރިންޓަރ،ސްޕީކަރ، އަދި ކޮމްޕިއުޓަރސިސްޓަމައް ބޭނުންކުރާ ބެޓްރީއާއި،މިނޫނަސް އެހެނިހެން ތަކެތި އެބަހުއްޓެވެ. މިތަކެތި ނީލަންކިއުމަށް ހަމަޖެހިފައިވަނީ 23 ޑިސެމްބަރ 2022 ވާ ހުކުރު ދުވަހުގެ ހަވީރު 4.00 ގައެވެ. ނީލަމުގައި ބައިވެރިވެ ތަކެތިނެންގެވުމަށްފަހު ބަންދުނޫން 2 ދުވަސްތެރޭގައި ފައިސާ ދައްކަވާ، 2 ދުވަސްތެރޭގައި ތަކެތި ނަންގަވާ ނިންމަވަން ޖެހޭނެއެވެ. މިއިއުލާނާއި އެކު ލިސްޓް އާއްމުކުރެވިފައިވާނެއެވެ

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ބަޔާންކުރެވިފައިވާ ދުވަހުގެ ގަޑިއަށް ޖަނަވަރީގޭ ކުރިމަތީ ގައިވާ ހޮޓާއިމާރާތު ގޯއްޗަށް ހާޒިރުވުމަށް އަންގާ އިއުލާން ކުރީމެވެ.

11 ޑިސެންބަރު 2022
ހޯދާ