ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ޢަފީފުއްދީން ސްކޫލް ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

 

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • ކޮންޓްރެކްޓް އުސޫލުން މީލާދީ 1 ( އެކެއް) އަހަރު މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  • ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން  2022 ޑިސެންބަރު 12 އިން 19  އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ޢަފީފުއްދީން ސްކޫލުގައި ނަންނޯޓުކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  • މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ2022  ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
  • ބިޑް ހުށައަޅުއްވަންވާނީ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ރަގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުމެއް އަރާކަމެއްވާނަމަ ސާފުކުރުމަށް ފަހުގައެވެ.  
  • ބިޑް ހުޅުވުން އޮންނާނީ  2022 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޢަފީފުއްދީން ސްކޫލުގައެވެ.
  • ނޯޓް: ބީލަން ހުށައެޅުއްވޭނީ  ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
  • ޢަފީފުއްދީން ސްކޫލު / ހދ. ކުޅުދުއްފުށި  
  • ފޯން: 6528046 ، 6528041
  • އީމެއިލް: [email protected]

 

 

12 ޑިސެންބަރު 2022
ހޯދާ