މުލަކު ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރަށް މުލަކު ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

`

 

މުލަކު ސްކޫލް

މ.މުލައް،

ދިވެހިރާއްޖެ.

                                      އިޢުލާން ނަންބަރު:GS166/IUL/2022/15

އިޢުލާން

 

2023 ވަނަ އަހަރަށް ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން

 

              2023 ވަނަ އަހަރު މި ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2021) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރާބައްދަލުވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ހުއްދައިގެ ކޮޕީއާއި އައި.ޑީ ކާޑު ގެންނަންވާނެއެވެ.

              ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

މުލަކު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރުން

20 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން

25 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގައި

 

މުލަކު ސްކޫލް

ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.

ފޯން:  7952903  ,  7988183

އީ-މެއިލް: [email protected]

18 ޖުމާދުލްޢޫލާ 1444

12 ޑިސެމްބަރު 2022

12 ޑިސެންބަރު 2022
ހޯދާ