މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ކައުންސިލްތަކުން ބަލައިގަތުމާ ގުޅޭ

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީއަކީ ކައުންސިލްތަކުން ބަލައިގަންނަންޖެހޭ އާމްދަނީއެކެވެ. އެހެންކަމުން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން، 31 ޑިސެންބަރު 2022 ގައި މީރާއިން މި ފީ ބަލައިގަތުން ހުއްޓާލެވޭނެއެވެ.

01 ޖަނަވަރީ 2023 އިން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް، އެ ފީ ނިސްބަތްވާ ކައުންސިލަކަށެވެ. މި ސިސްޓަމާ ބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ޙިއްސާކުރާނެއެވެ.

12 ޑިސެންބަރު 2022
ހޯދާ