އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ "ސްޕެސިމެން ކަލެކްޝަން މެޓީރިއަލަސް" ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ "ސްޕެސިމެން ކަލެކްޝަން މެޓީރިއަލަސް" ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/126 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޑިސެންބަރު 2022 އިން ފެށިގެން 17 ޑިސެންބަރު 2022 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި އެކު މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 18 ޑިސެންބަރު 2022 ވާ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 21 ޑިސެންބަރު 2022 ވަނަ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

12 ޑިސެންބަރު 2022
ހޯދާ