ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ C-2 ކިއޮސްކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުން

އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ C-2 ކިއޮސްކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުން

 

މި ކޯޕަރޭޝަނުން ހުޅުވުމަށް ނިންމާފައިވާ "އެސްއެމްއީ ހަބް"ގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކްތަކުގެ ތެރެއިން C-2 ކިއޮސްކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް މާކެޓް އެކްސެސް ހޯދައިދީ، އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގެ ކިއޮސްކްތައް ޚާއްސަ ކުރެވިފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށެވެ.  

މި ކިއޮސްކް ކުއްޔަށް ހިފުމަށް ޝައުގުވެރިވުލައްވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

 

އިތުރު މައުލޫމާތު މި އިޢުލާނާއިއެކު ހުށަހެޅިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން އަދި  [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށެވެ.

 

11 ޑިސެންބަރު 2022
ހޯދާ