މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން އެތެރެކުރާ ކެމިކަލް ވިއްކުމާގުޅޭ

 

އިޢުލާން  

 

ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން އެތެރެކުރާ ކެމިކަލް ވިއްކުމާގުޅޭ    

 

ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019) ގެ 7 ވަނަ މާއްދާ ދަށުން ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، އެތެރެކުރާ ކެމިކަލް ވިއްކަންވާނީ މި މިނިސްޓްރީން "ކެމިކަލް ވިއްކުމުގެ ހުއްދަ" ނަގައިގެންނެވެ.އަދި ދެންނެވުނު މާއްދާގެ (ބ) ގެ ދަށުން، ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކާގޮތުގެ ތަފްސީލް މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމާއި އެއްގޮތަށް ބަލަހައްޓަން ވާނެއެވެ. އަދި މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މި ރިކޯޑުތަކުގެ ކޮޕީ ހިމެނޭ ރިޕޯޓެއް ކޮންމެ 6 މަހަކުން އެއްފަހަރު މިނިސްޓްރީ އަށް ފޮނުވަންވާނެއެވެ.  

ވީމާ،ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، އެތެރެކުރާ ކެމިކަލް ވިއްކުމަށްޓަކައި "ކެމިކަލް ވިއްކުމުގެ ހުއްދަ" ނެންގެވުމަށާއި ވިއްކާ ކެމިކަލްގެ މައުލޫމާތު ހިމެނޭ ރިޕޯޓް މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި މި މިނިސްޓްރީ އަށް ހުށަހެޅުމަށް ދެންނެވީމެވެ.   

11 ޑިސެންބަރު 2022
ހޯދާ