ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަންކިޔުމާ ބެހޭ

މިސްކޫލްގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 2022 ޑިސެންބަރު 24 ވާ ހޮނިހިރު ދުވަހު ހަވީރު 4:30 ގައި މިސްކޫލްގެ ހޯލްގައެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

#

މުދާ

އަދަދު

ބޭނުންކުރެވުނުއަހަރު

ހާލަތު

1

 ކޮމްޕިއުޓަރ ގޮނޑި (ކަޅު)

01

16

ބައުވެ މައްސަލަޖެހޭތީ

2

 އެގްޒެކެޓިވް ގޮނޑި (ކަޅު)

23

17

ބައުވެ މައްސަލަޖެހޭތީ

3

 ޕްލާސްޓިކް ގޮނޑި

154

17

ބައުވެ މައްސަލަޖެހޭތީ

4

 އަތްގަނޑުލީ ޕްލާސްޓިކް ގޮނޑި

27

17

ބައުވެ މައްސަލަޖެހޭތީ

5

 ސެކަންޑްރީ ޑެސްކް (ލަކުޑި)

40

17

ބައުވެ މައްސަލަޖެހޭތީ

6

 ޓީޗަރސް ޓޭބަލް (ލަކުޑި)

2

17

ބައުވެ މައްސަލަޖެހޭތީ

7

އެލްމްނިއަމް ހަރުގަނޑު '10'

01

17

ބައުވެ މައްސަލަޖެހޭތީ

8

އެއަރ ކޮނޑިޝަނަރ

01

16

ބައުވެ މައްސަލަޖެހޭތީ

9

 ރޭޑިޔޯ

03

17

ބައުވެ މައްސަލަޖެހޭތީ

10

ފެންފަތް

10

12

ބައުވެ މައްސަލަޖެހޭތީ

11

ގޭޓް (ދަގަނޑު)

08

17

ބައުވެ މައްސަލަޖެހޭތީ

12

ޓިނު ގަނޑު

06

8

ބައުވެ މައްސަލަޖެހޭތީ

 ނީލަންކިޔުމުގެ އުސޫލު

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  •    ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  •  ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  •  ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
  •  ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި ސްކޫލަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޢަފީފުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
  • ފޯން: 6528041 ، 6528046
  • އީ-މެއިލް :[email protected]

                ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޑިސެންބަރު 2022
ހޯދާ