އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކައުންސިލް އިދާރާގެ ބައެއް ވެހިކަލްތައް ނީލަންކިޔުން ( ތިންވަނަ އިޢުލާން)

އިޢުލާން

ކައުންސިލް އިދާރާގެ ބައެއް ވެހިކަލްތައް ނީލަންކިޔުން ( ތިންވަނަ އިޢުލާން)

  މިކައުންސިލްގައި ބޭނުންކޮށްފައިވާ ބައެއް ވެހިކަލްތައް ނީލަމުގައި ވިއްކާލުމަށް ކުރެވުނު 02 އިޢުލާނުގެ ދަށުން ހުޅުވާލެވުނު ނީލަމުން ނުވިކި ހުރި ވެހިކަލްތައް ހުރުމާއެކު އެ ވެހިކަލްތަކުގެ އަގުތަކަށް ބަދަލު ގެނެސް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުމަށް ހަމެހިފައިވާ ވެހިކަލްތަކުގެ މައުލޫމާތާއި ، ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގު، އަދި ހުށަހެޅިފައިވާ އަގަށް ފަހަރަކު އިތުރުކުރެވޭނެ އެންމެ ދަށް އަގު މިއިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

  ނީލަމުން ވެހިކަލް ނެންގެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ 12:00ގެ ކުރިން ކައުންސިލްއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL05 ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވެހިކަލް ނަންބަރ ޖެއްސެވުން އެދެމެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  ވީމާ މި ވެހިކަލްތައް ނީލަމުން ނަންގަވަން ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ރަސްމީދުވަސްތަކުގެ ހެނދުނު 9.00 އިން 13:00 އާއި ދެމެދު ދުރުވުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 11 ޑިސެމްބަރ އިން 21 ޑިސެމްބަރ 2022 ގެ 12:00 ގެ ނިޔަލަށެވެ.  

  ރަސްމީ ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި  މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ.

  ނީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކައުންސިލްގެ  ނަންބަރު 6885003 އަށް ގުޅުއްވުން އެދެމެވެ.

  ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބުކުރިކަން އަންގާ ލިއުން ޙަވާލުކުރާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދައްކަވައި ވެހިކަލް ގެންދަވަން ވާނެއެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި މަޤްބޫލު އުޒުރެއްނެތި ފައިސާ ނުދައްކަވައިފިނަމަ އެފަރާތުގެ ހުށަހެޅުން ބާޠިލް ކުރެވޭނެއެވެ.

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

       17 ޖުމާދަލްޢޫލާ 1444                              

          11 ޑިސެމްބަރ 2022                                 

 

11 ޑިސެންބަރު 2022
ހޯދާ