މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a party to develop the Branding for Visit Maldives Storytellers’ Conference 2023

 

(IUL)MMPRC-PRO/1/2022/77 :ނަންބަރ

 

     މި ކޯޕަރޭޝަނުން  2023  ވަނަ އަހަރު ބޭއްވުމަށް ރާވައިފައިވާ "ސްޓޯރީ ޓެލާސް ކޮންފަރެންސް 2023"  އަށް ތައްޔާރުވުމުގެ ގޮތުން ބްރޭންޑިންގ ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 ނޮވެމްބަރ 24 ގައި ކުރެވުނު އިޢުލާނަށް (ނަންބަރ: (IUL)MMPRC-PRO/1/2022/77) ޝަރުތު ހަމަވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްތައް  ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  2022 ޑިސެމްބަރ 13  ވާ  އަންގާރަ ދުވަހުގެ ހެނދުނު  10:00  އަށް، ހ. ޒޮނޭރިޔާގެ،  4  ވަނަ  ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  2022 ޑިސެމްބަރ 15 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު  10:00  އަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ.  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

  14 ޖުމާދުލް އާޙިރް 1444

08 ޑިސެމްބަރ 2022

 

08 ޑިސެންބަރު 2022
ހޯދާ