ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކައުންސެލަރ

މިއެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ކައުންސެލަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (އެމް.އެސް 1)

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން 

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް

އަސާސީ މުސާރައިގެ %35

އިތުރުގަޑީގެ ފައިސާ

ސިވިލް ސަރވިސްގެ ގަވައިދުގައިވާ ގޮތުގެ މަތިން

ރަމަޟާންމަހުގެ އިނާޔަތް

ސިވިލް ސަރވިސްގެ ގަވައިދުގައިވާ ގޮތުގެ މަތިން

ސެކްޝަން

ގަގަން ކްލިނިކް

އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިންޑިވިޖުއަލް އަދި ފެމިލީ ކައުންސެލިންގ ސެޝަންތައް ނެގުމާއި، ކްލައިންޓަކު ޓްރީޓްމަންޓުގައި ހުރި މަރުޙަލާއަށް ކަނޑައެޅިފައިވާ މިންވަރަށް އިންޑިވިޖުއަލް ކައުންސެލިންގ ސެޝަން ނެގުން.
  2. ދުވަހުން ދުވަހަށް ފުރަންޖެހޭ ފޯމުތައް ފުރިހަމަކުރުން (ކޭސް ހިސްޓްރީ ފޯމު ނަގައި ކޮންމެ ކައުންސެލިންގ ސެޝަނެއްގެ ސެޝަން ނޯޓްސް ލިޔުން، ކްލައިންޓް ސެޝަނަށް ހާޒިރުވާ ޝީޓުގައި ސޮއިކުރުވުން) އަދި ގަވާއިދުން (ޑްރަގް ކޯޓުގެ އަމުރާ އެއްގޮތަށް) ރިޕޯޓު ފޮނުވުމާއި ކޮމިޓީތަކަށް ފައިލް ހުށަހެޅުން
  3. ސައިކޯ ސޯޝަލް ޕްރޮގްރާމްގެ ކްލާސްތައް ހިންގުން / ފެސިލިޓޭޓް ކުރުން
  4. ޑިޕެންޑެންސީ އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމާއި ކަނޑައެޅިފައިވާ ދުވަހަށް ޑްރަގްކޯޓަށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

1-  ކައުންސެލިންގ ނުވަތަ ކައުންސެލިންގއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-  ކައުންސެލިންގ ނުވަތަ ކައުންސެލިންގއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3-  ކައުންސެލިންގ ނުވަތަ ކައުންސެލިންގއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމަށް އެދެންވީ ގޮތާއި ހުށަހަޅަންޖެހޭ ލިޔުންތައް

މި މަޤާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ތިރީގައި ލިޔުންތަކާއެކު ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ.

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓު ލިޔުން)
  2. މިމަޤާމުތަކަށް ހުށަހަޅުއްވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގެ މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގެ "ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

މި މަޤާމަށް އެންމެ ޤާބިލު މީހެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

މި މަޤާމުތަކަށް އެންމެ ޤާބިލު މީހެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޝާޢިއުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މި މިންގަނޑުތަކާއި އުސޫލުތައް ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ސުންގަޑި

03 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމުތަކަށް މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނީ 2014 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ. އިންޓަރވިއުއަށް ހާޒިރުވާއިރު، މަޤާމުތަކަށް އެދި ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 15 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3334568 އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

24 ނޮވެންބަރު 2014
ހޯދާ