ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ެއެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) - ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މަޤާމް :ެއެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް

ގްރޭޑް:

04

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,552.92 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް) މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް) މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

މުސާރަ:

މަހަކު  4,668.61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,000.83 ރުފިޔާ

މިނިމަމް ވޭޖް:

މަހަކު 942.00 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ގްރޭޑް 12 ނިންމާފައިވުން.ނުވަތަ،
  2. ގްރޭޑް 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖްރިބާމަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ސެޓިފިކެޓް ލެވެލް 1 ނުވަތަ 2،ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،

މަޤާމުގެ މަސްޢޫލިއްޔަތު:

  • ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އޮފީހުން ފޮނުވަންޖެހޭ ސިޓީތަކާއި، ލިޔުންތަކާއި މެމޯ ލިޔެ ފޮނުވުން.
  • ޑީން ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ މީޓިންގ ތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި ރެކޯޑު ބެލެހެއްޓުން
  • މިބައްދަލުވުންތަކުން ފާސްކޮށް ތަންތަނަށް ފޮނުވަންޖެހޭ ސިޓީ އާއި މެމޯ އާއި އަދި ބާއްވާ އެހެނިހެން އިވެންޓްތަކުގެ އިދާރީ ކަންކަން ބެލެހެެއްޓުން.
  • މިބައްދަލުވުންތަކުން ނިންމާ ކަންކަން ތަންފީޒުކޮށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • ހެޑްސް މީޓިންގ،ސްޓާފް މީޓިންގ، މެނޭޖްމަންޓް ފެކަލްޓީ ކޮލިޓީ މެނޭޖްމަންޓް ކޮމެޓީ،އެޑްވައިޒަރީ ކޮމެޓީގެ ޔައުމިއްޔާތައް ލިޔެ ބަލަހައްޓައި ޤަވާއިދުން ފައިލްކުރުން.
  • މިކޮމެޓީތަކުގެ ބައްދަލުވުންތަކުން ފާސްކޮށް ތަންތަނަށް ފޮނުވަންޖެހޭ ސިޓީ އާއި މެމޯ އާއި އަދި ބާއްވާ އެހެނިހެން އިވެންޓްތަކުގެ އިދާރީ ކަންކަން ބެލެހެެއްޓުން.
  • މިކޮމެޓީތަކުން ނިންމާ ކަންކަން ތަންފީޒުކޮށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • ޑީންގެ ބެލުމުގެ ދަށުން ކުރެވޭ އެންމެހާ އިދާރީ މަސައްކަތްތަކެއް ކުރުން. އެޮގޮތުން އަމިއްލަ / ސަރުކާރު އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދާރީވުމާއި ފެކަލްޓީގެ ކަންކަމުގައި އެކިއެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން
  • ފައިނަލް އެގުޒާމަށް ބޭނުންވާ ޓެސްޓް ޕޭޕަރުތައް އެގުޒާމް ޕޯޓަލްއަށް އަޕްލޯޑް ކުރުމަށް ބޭނުންވާ އެކުސަސް ދިނުމާއި އިދާރީގޮތުން ކުރުންޖެހޭ ކަންކަން ނިންމުން.
  • އެގުޒާމްޑިޕާރޓްމަންޓަށް ފޮނުވަންޖެހޭ އެންމެހާ މައުލޫމާތުތަކެެއް ފޮނުވުން. އެގޮތުން ފައިނަލް އެގުޒާމަށް ބޭނުންވާ ޓައިމްޓޭބަލްގެ މައުލޫމާތު ޑިޕާރޓްމަންޓްތަކުން ހޯދުމަށްފަހު ފޮނުވުމާއި ޗީފް އިންވިޖިލޭޓަރުންގެ މައުލޫމާތު ފޮނުވުން.
  • ޕަވާރކެމްޕަސް އިން ސެކުޝަންތައް ތައްޔާރުކޮށް ސެލްފްސާރވިސްއަށް އެކުސަސް ދިނުމާއި ޓައިމްޓޭބަލް ޕަވާރކެމްޕަސް އަށް އެންޓަރކުރުމާއި ގެންނަ ބަދަލުތައް ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކުއްލިއަކަށް ދިމާވާ ކަންކަން ހައްލުކުރުމަށް ސްޕަރވައިޒަރުގެ މަޝްވަރާއާއެކު މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ޑިސެމްބަރު 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-315

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
08 ޑިސެންބަރު 2022
ހޯދާ