ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

2023ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުން

 

 01 ޖެނުވަރީ 2023ން 31 ޑިސެމްބާރ 2023ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރި، ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ ތާރީޙުގައި މިސްކޫލަށް ހާޒިރުވެ ނަން ނޯޓްކުރުމާއި މައުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް މިސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

ނަން ނޯޓްކުރުމާއި މައުލޫމާތު ސާފުކުރުން

ފ.ބިލެތްދޫ ސްކޫލް ( އޮފީސް )

18ޑިސެމްބާރ 2022

އާދިއްތަ

12:00

އަންދާސީ ހިސާބު ހުށައެޅުން

26 ޑިސެމްބާރ 2022

ހޯމަ

12:00

 

ނަން ނޯޓްކުރުމާއި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓްރީ ގެ އަސްލާއި އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ނަން ނޯޓްކުރެއްވުމާއި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅާއިރު މިފަދަ ލިޔުމެއްނެތި ހުށައަޅާ އަންދާސީ ހިސާބުތަކާއި، މިމަސައްކަތުގެ ނަން ނޯޓްކުރުމާއި މައުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބާތިލްވާނެއެވެ. އަދި މަޢުލޫމާތުދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޞިރުވާކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީ ހިސާބު ތައްޔާރުކުރެއްވުމަށް އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިސްކޫލްގެ ނަންބާރ: 7952913 ގުޅުއްވުމުން އެމަޢުލޫމާތެއް ދެވޭނެއެވެ.

08 ޑިސެންބަރު 2022
ހޯދާ