މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރު މަސައްކަތް ކުރުމާއި ގުޅޭ

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                       

                                                                     ނަންބަރު: 303/303/2022/60/IUL

އިޢުލާން

ފައިބަރު މަސައްކަތް ކުރުމާއި ގުޅޭ

 

               މިހާރަކަށްއައިސް ރަށުގެ އެކި ހިސާބުތަކުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން ކައުންސިލަށް ފާހަގަކުރެވި ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާވެސް ލިބެމުންދާތީ ދަންނަވަމެވެ. ފައިބަރު މަސައްކަތް ކުރުމަށްޓަކައި އަމަލުކުރަންޖެހޭ އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން މިގެންދަނީ ކުރަމުންނެވެ. އުޞޫލު ގެޒެޓްކުރެވި ޢަމަލުކުރެވެންދެން ފައިބަރ މަސައްކަތް އެއްވެސް ފަރާތަކުން ކުރާނަމަ ކައުންސިލުން ހުއްދަ ހޯދަންޖެހޭނެ ވަހަކަ ދަންނަވަމެވެ. އަދި ފައިބަރުގެ މަސައްކަތް ކުރަންވާނީ އެމަސައްކަތް ކުރާ ސަރަޙައްދު ވަށައިގެން ބެއްދުމަށްފަހު ކައުންސިލުން ބަލައި އެޕްރޫވް ދިނުމުންކަމުގައި ދަންނަވަމެވެ. އެނޫންގޮތަކަށް ފައިބަރުގެ މަސައްކަތް ކުރަންވާނީ ކައުންސިލުން ހުއްދަ ދޫކޮށްފައިވާ ސަރަޙައްދުތަކުގައި އެކަނި ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

               14 ޖުމާދުލްއޫލާ 1444

               08 ޑިސެމްބަރ 2022

08 ޑިސެންބަރު 2022
ހޯދާ