އަލްމަދްރަސަތުލް މުނައްވަރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. 2023 ވަނަ އަހަރު މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022  ޑިސެންބަރު 08 ން 2022 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް  އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
  • މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން
  • ވިޔަފާރި ރަޖިސްރީ ނަންބަރ
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ
  • އީމެއިލް އެޑްރެސް
  • ގުޅޭނެ މޯބައިލް ނަންބަރު
  1. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ  2022 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  2. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ 11:30 ގައިއަލްމަދަރުސަތުލް މުނައްވަރާގެ އޭވީ ރޫމް ގައެވެ. 
  3. މި ޕްރޮޖެކްޓާ ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  4. މި ޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

އަލްމަދަރަސަތުލް މުނައްވަރާ

ށ.މަރޮށި، ދިވެހިރާއްޖެ.

ފޯން: 6540508

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

08 ޑިސެންބަރު 2022
ހޯދާ