ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު

ޑިރެކްޓަރ

ރޭންކް: އީ.އެކްސް 1

އަދަދު

1

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/8835 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

- ސަރވިސް އެލަވަންސް: -/2,000

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އެމް.އެސް-4 ގެ ރޭންކުގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭ އެންމެހާ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • ވަޒީފާއާއި ޗުއްޓީއާއި ސަލާމާއި، މުވައްޒަފުންނަށް އިޞްލާޙީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ މަސައްކަތްތައް ވަޒަންކޮށް، ކޮންމެ ތަނަކަށް ވަޒީފާގެ ވަކި އޮނިގަނޑެއް ކޯޓުތަކާއި އިދާރާތަކާއި މަޝްވަރާކޮށް އެކުލަވާލުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަމުގައި ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އިޖްރާޢަތު ހެދުމާއި އެފަދަ އިޖްރާޢަތުތަކަށް މުވައްޒަފުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ބޭނުންވާ ފޯމުތައް ފުރިހަމަ ކުރުމާއި، މުސާރައިގެ ސްޓެޕް ދޭންޖެހޭ މުވައްޒަފުންނަށް ސްޓެޕް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ފުރިހަމަކުރުވުމާއި، ކަނޑައެޅިފައިވާ ވަރަށްވުރެ ދަށުން މާކްސް ލިބޭ މުވައްޒަފުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން.
  • ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރައާގުޅޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ހިއުމަން ރިސޯސް ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި، ކޮމިޓީގެ ޔައުމިއްޔާ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

01 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

20 ނޮވެންބަރު 2014
ހޯދާ