ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލްގެ އިދާރާ ގަޔާއި، ސްޓޭޓް ހައުސްގައި ހުރި ބައު ތަކެތި ނީލަން ކިއުމާބެހޭ

  އަތޮޅު ކައުންސިލްގެ އިދާރާ ގަޔާއި، އަތޮޅު ސްޓޭޓް ހައުސްގައިހުރި ބައު ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަން ކިއުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 2022 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އަތޮޅު ސްޓޭޓް ހައުސްގެ ގޯތިތެރޭގައެވެ. ނީލަމުގައި ހިމެނޭތަކެތީގެ މައުލޫމާތު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ ހެނދުނު 09:55 އަށް ސްޓޭޓް ހައުސްގެ ގޯތި ތެރެއަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން މި އިދާރާއަށް ވަގުތުން ފައިސާ ދެއްކެވުމަށްފަހު، 48 ގަޑިއިރުގެ ތެރޭގައި ތަކެތި ގެންދެވުން އެދެމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ، އެ ތަކެތި ނައްތާލެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

07 ޑިސެންބަރު 2022
ހޯދާ