މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލުމާއި ގުޅޭ.

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން: 
    • މުދާ ބެލުން : 15 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 16:30 ގައި
  3. މުދާ ބެލުމަށް ނަން ނޯޓް ކުރުން: 15 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ  14:30 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެއެވެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/ 
    • މުދާ ބެލުމަށް ވަޑައިގަންނަވާއިރު ޕޯޓް ގެ ޤަވާއިދާއި އެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިއްޕަވައިގެން) ވަޑައިގެންދެއްވުން އެދެމެވެ.
  4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށެވެ.
  5. ނީލަން ކިޔުން: 18 ޑިސެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 14:00 އިން 19 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 އަށް

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ޤަވާއިދު ( 17 އޮކްޓޫބަރ 2022 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv)   ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ޤަވާއިދު ފެނިލައްވާނެއެވެ.
07 ޑިސެންބަރު 2022
ހޯދާ