ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

  ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01  

 

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

މަހަކު : -/ 14,700 ރުފިޔާ

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުން.

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން  މަޢުލޫމާތު  ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލައި މޮނިޓަރކުރުން.

- މައްސަލަތަކުގެ ރިޕޯޓްތައްޔާރު ކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން.

- ޓްރައިބިއުނަލްގެ  ޙަރަކާތްތަކާއި  ގުޅިގެން ޤާނޫނީ  ގޮތުންނާއި، އެހެނިހެން ގޮތްގޮތުން  ދިރާސާކޮށް  ޓްރައިބިއުންލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ  އެހެނިހެން ކަންކަން  ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ޓްރައިބިއުނަލްގެ މެމްބަރުންނަށް ދިނުން.

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު، ޤާނޫނީގޮތުން ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއިއެކު)
  2. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް.)
  3. ކަރިކިއުލަމް ވިޓާ (ސީވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14.30 ގެ ކުރިން މި ޓްރައިބިއުނަލަށް (ކުރީގެ ހެލްތު މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއުއަށް ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމު މި ޓްރައިބިއުނަލުންނާއި، އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

25 މުޙައްރަމް 1436

18 ނޮވެންބަރު 2014
ހޯދާ