މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

މި ކޯޕަރޭޝަންގެ ފަރާތުން 1436ހ. ވަނަ އަހަރުގެ ޞަފަރު މަހު ކުރެވޭ ޢުމްރާދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ މީހުން، ތިރީގައި މި ދަންނަވާ މަޤާމްތަކަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޞިއްޙީ އެހީތެރިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ސިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.
  • އިނގިރޭސީ، ޢަރަބި، ނުވަތަ އުރުދޫ ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަޤާމު:

  1. ޙައްޖު މުސާޢިދު (ޢަރަބިބަސް ދަންނަ)

ބޭނުންވާ އަދަދު:

1 (އެކެއް)

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • ޢަރަބި ބަސް ރަނގަޅަށް ދަންނަ މީހެއްކަމުގައިވުން
  • މައްކާ އާއި މަދީނާގެ ޙައްޖާބެހޭ މުއައްސަސާތަކުގަ އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރަން ދަންނަ މީހަކު ކަމުގައިވުން
  • މައްކާއާއި މަދީނާގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ގާބިލްކަން ހުރި މީހަކު ކަމުގައިވުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.

މަޤާމު:

  1. ކައްކާ

ބޭނުންވާ އަދަދު:

2 (ދޭއް)

ފެންވަރު ނުވަތަ ޝަރުޠު

  • މައްކާއާއި މަދީނާގައި ދިވެހި ޙާޖީންނަށް ކައްކާ ކާންދިނުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާއްމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • އުމުރުން 55 އަހަރުން ދަށުގެ މީހެއް ކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

27 ނޮވެންބަރު 2014 ވާ  ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވުމަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

19 ނޮވެންބަރު 2014
ހޯދާ