ދިވެހިރާއްޖެ
އދ. ކުނބުރުދޫ ކައުންސިލް އިދާރާއަށް ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެ
މި އިދާރާގެ ނަންބަރު: (IUL)349-A/2022/23 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް، މި އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ބިޑްހުށަހެޅުމަށް ރަޖިސްޓްރީވުން |
* ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 12 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިއިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ އީމެއިލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ/ ނަންނޯޓު ކުރަންވާނެއެވެ. |
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން |
* ބިޑް ހުޅުވުން އޮންނާނީ 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި، ކުނބުރުދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. * ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.