ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ - ގަން ކެމަޕަސް

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލ. ގަން ކެމްޕަސް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު  7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެމްޕަސް ގެ އިދާރީ ހިންގުމުގެ ކަންކަން ކެމްޕަސް މެނޭޖަރުގެ ލަފާގެ މަތިން ބަލާ ވިލަރެސްކޮށް، ތަނަށް ލިބޭ ސިޓީއާއި ލިޔެކިޔުން ޤަވައިދުން ބަލައިގަނޭތޯ ބެލުމާއި، ޖަވާބުދާރީވޭތޯ ބެލުމާއި، ކެމްޕަސްގެ އިދާރީ ހިންގުމާއި ގުޅޭ ފައިލިންގ ސިސްޓަމް ބެލެހެއްޓުން
  • ކެމްޕަސްގެ ޢިމާރާތްތަކުގެ ސެކުރިޓީ ބަލަހައްޓާ މުވައްޒަފުންނާއި ސަޕޯޓް ސްޓާފުންގެ މަސައްކަތް ރާވާ ސުޕަވައިޒް ކުރުމާއި ޑިއުޓީ ތާވަލް ކުރުމާއި އަދި ރޭވިފައިވާ ގޮތަށް މުވައްޒަފުން ޑިއުޓީ ކުރޭތޯ ބެލުމާއި އެމީހުންގެ މަސައްކަތްތައް  ހަމަޖެއްސުމާއި، މަސައްކަތް ހަވާލުކުރުމާއި، މަސައްކަތް ސުޕަރވައިޒްކުރުމާއި އެމީހުންގެ މަސައްކަތައް ބޭނުންވާތަކެތި މަސައްކަތަށް ދަތިނުވާގޮތަށް ހަމަޖެއްސުން.
  • ކެމްޕަސްގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ނިޒާމް ބެލެހެއްޓުން.
  • ކެމްޕަހުގެ ހުރިހާ އިމާރާތްތަކެއްގެ މެއިންޓަނަންސް ކަންކަން ކަނޑައެޅިފައިވާ  ހަރުދަނާ އުޞޫލުން ބަލައި ޗެކްކޮށް، ހުރިހާ ޢިމާރާތްތަކެއް އެކަށޭނަ ތާވަލެއްގެ މަތިން މަރާމާތުކޮށް / ކުރުވާ ބެލެހެއްޓުން.
  • ކެމްޕަހުގެ މުވައްޒަފުންގެ ތެރެއިން ކުރުވޭނޭ މަރާމާތުތައް ފާހަގަކޮށް އެމަރާމާތުތައް ޝެޑިއުލްކޮށް ކުރުވާ މަސައްކަތް ނިންމާކަން ކަށަވަރުކުރުން.
  • ކެމްޕަހުގެ ފެނާއި ކަރަންޓާއި ފާޚާނާ އާ ބެހޭ އެންމެހާ ކަންކަން ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުން. އަދި މަރާމާތުކުރަންޖެހޭ ނަމަ ވަގުތުން އެކަންކަން ކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ކެމްޕަހުގެ ގޯތިތެރެ ރީތިކޮށް ބެލެހެއްޓުމާއި ބަގީޗާތައް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ވިލަރެސް ކޮށް ހެދުން.
  • ކެމްޕަހުގައި ހުރި ވެހިކަލްތަކުގެ ސްޓޭޓަސް ގަވައިދުން މޮނިޓަރކޮށް މަރާމާތުކޮށް ބެލެހެއްޓުމާއި ދައްކަންޖެހޭ ފީތައް ބަރާބަރަށް ދެއްކުމުގެ މަސައްކަތްތައް ކުރުން
  • ކެމްޕަހުގައި ކުރުމަށް ކަނޑައަޅާ މަސައްކަތްތައް ކެމްޕަސް މެނޭޖަރާއި މަޝްވަރާކޮށް ދެނެގަނެ، މަޢުލޫމާތުކަރުދާސް ލިޔެ ތައްޔާރުކުރުމާއި، އިޢުލާނު ކުރުމާއި، މަޢުލޫމާތު ދިނުމާއި، މަސައްކަތް އިވެލުއޭޓް ކުރުވުމާއި، ކޮމެޓީ ތަކަށް ހުށަހެޅުމާއި، މަސައްކަތް އެވޯރޑްކުރުމާއި، އެގްރިމެންޓް ކުރުވާ މަސައްކަތްތައް ހަވާލުކުރުން.
  • އެގްރިމެންޓް ކޮށްގެން ކުރެވޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، ރަގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން ރަގަޅުކުރުމަށް ފިޔަވަޅުއެޅުމާއި، މޮނިޓަރިންގ ޝީޓްތަކުގެ އެހީގައި ބެލެހެއްޓުމާއި، މެޓީރިއަލް އެޕްރޫވްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ރިޕޯރޓް ތައްޔާރުކުރުމާއި، އެފަރާތްތަކަށް ޤަވާއިދުން ދޭންޖެހޭ ފައިސާގެ އެންމެހައި ކަންކަން ބެލެހެއްޓުން
  • އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަލަށް ލިބޭ ތަކެތި އިންވެންޓްރީއަށް ވެއްދުމާއި، ނަންބަރުޖަހާ އަޕްޑޭޓް ކުރުމާއި، ހަލާކުވާތަކެތި އޮންނަ އުސޫލުން ނައްތާލުމަށް ނީލަން ކިޔުން އަދި އިދާރީ މަރުކަޒަށް އެކަންކަން އަނގަމުން ދިއުން.
  • ކެމްޕަސްގެ ފަރާތުން ބަލަހައްޓަންޖެހޭ ބިންތައް ބެލެހެއްޓުމުގައި ކެމްޕަސް މެނޭޖަރުގެ ލަފާގެ މަތިން ކަންކަން އިންތިޒާމް ކުރުން.
  • އިދާރީ  އަދި އެކަޑަމިކް ހަރަކާތްތަކަށް ހޯދަންޖެހޭ ތަކެއްޗާއި ވަސީލަތްތައް ހޯދުމާއި އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ކެމްޕަސްތަށް ޒީނަތްތެރި ކުރުންފަދަ ކަންތައްތައް އިންތިޒާމްކޮށް ރޭވުން
  • ކެމްޕަސް އިންކުރާ މުހިންމު ކަންކަން ތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން. މިގޮތުން، ކޯސްތައް އިޝްތިހާރުކުރުން، އޯޕަން ޑޭ ބޭއްވުން، ސުކޫލްތަކަށް ޒިޔާރަތް ކުރުން، ޖަލްސާތައް ބޭއްވުން ފަދަ ކަންކަން އިންތިޒާމް ކޮށް ހިންގުމުގައި ކެމްޕަސް މެނޭޖަރ އަދި މިފަދަ ކަންކަމުގައި ހަރަކާތްތެރިވާފަރާތްތަކާއެކު ބައިވެރިވެ ފުރިހަމަ އެހީތެރިކަން ދިނުން.
  • އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އަންގާގޮތެއްގެ މަތިން އިތުރުގަޑީގެ ޑިއުޓީތައް އަދާކުރުން.
  • ސަލާމުގައާއި ޗުއްޓީގައި ހުންނަވާ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެ މަތިން ކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ޑިސެންބަރު 14 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2022-GC-313

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބު:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
07 ޑިސެންބަރު 2022
ހޯދާ