އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރެވޭނެ އިންތިޒާމް ކައުންސިލްތަކުން ހަމަޖައްސައިދިނުމުގައި ޢަމަލު ކުރާނެ ގޮތާއި، އެފަދަ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ގޮތާއި، އެކި ކަންކަމުގައި ވޯޓަށް އެހުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ރައްޔިތުންނާއިބައްދަލުކުރެވޭނެއިންތިޒާމްކައުންސިލްތަކުންހަމަޖައްސައިދިނުމުގައިޢަމަލުކުރާނެގޮތާއި، އެފަދަބައްދަލުވުންތައްކުރިއަށްގެންދާނެގޮތާއި، އެކިކަންކަމުގައިވޯޓަށްއެހުމުގައިޢަމަލުކުރާނެގޮތުގެއުޞޫލު

 

މި އުޞޫލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގެ ދަށުން ރައްޔިތުންނާއި ބައްދަލުކުރުމުގައި އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލުން ޢަމަލު ކުރާނެ ގޮތުގެ ތަފްސީލު ބަޔާންކުރާ އުޞޫލެވެ.

(ހ)

1.

ތަޢާރަފް

މި އުޞޫލަށް ކިޔާނީ " ރައްޔިތުންނާއި ބައްދަލުކުރެވޭނެ އިންތިޒާމް ކައުންސިލްތަކުން ހަމަޖައްސައިދިނުމުގައި ޢަމަލު ކުރާނެ ގޮތާއި، އެފަދަ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ގޮތާއި، އެކި ކަންކަމުގައި ވޯޓަށް އެހުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އެވެ.

(ށ)

 

 

މި އުޞޫލަށް ޢަމަލު ކުރަންފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް ގެޒެޓު ކުރާ ތާރީހުން ފެށިގެންނެވެ.

 

2.

ޢަމަލުކުރަންފަށާ ތާރީހު

ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 5 (ފަހެއް) ދުވަސް ކުރިން ބައްދަލުވުން ބާއްވާނެ ތަނާއި، ތާރީޙާއި، ވަގުތާއި، ބައްދަލުވުމުގެ އެޖެންޑާ ކައުންސިލުން ޢާންމުކުރަންވާނެއެވެ.

(ހ)

3.

ބައްދަލުވުން ބޭއްވުން

މަދުވެގެން ކޮންމެ 4 (ހަތަރެއް) މަހަކުން އެއްފަހަރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރަންވާނެއެވެ.

(ށ)

 

 

މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބައްދަލުވުންތަކުގެ އިތުރުން ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މަދުވެގެން 50 (ފަންސާސް) މީހުން ބައްދަލުވުމެއް ބޭއްވުމަށް ހުށައަޅައިފި ނަމަ، އެފަދަ ބައްދަލުވުމެއް ބޭއްވުމުގެ އިންތިޒާމު ކައުންސިލުން ހަމަޖައްސައިދެންޖެހޭނެއެވެ.

(ނ)

 

 

މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބައްދަލުވުން ބޭއްވުމަށް އެދި ހުށަހަޅާނީ މި އުޞޫލުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

(ރ)

 

 

މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބައްދަލުވުން ބޭއްވުމުގައި ހުށަހެޅިފައިވާ މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި، ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ބައްދަލުވުން ބާއްވަންވާނެއެވެ.

(ބ)

 

 

މި އުޞޫލުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ބައްދަލުވުމުގެ ރިޔާސަތު ބައްލަހައްޓަވާނީ ކައުންސިލްގެ ރައީސެވެ. ރައީސް ނެތް ހާލަތުގައި ކައުންސިލްގެ ނައިބު ރައީސް އެވެ.

(ހ)

4.

ބައްދަލުވުން ކުރިޔަށްދާނެ ގޮތް

ބައްދަލުވުން ފެށުމުގެ ގޮތުން ބައްދަލުވުމުގެ އެޖެންޑާ ހުށައެޅުމަށްފަހު އެޖެންޑާގައި ވާ ވަކި ވަކި ކަންކަމާއި ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ރިޔާސަތު ބަލަހައްޓަވާ ފަރާތުން ބައްދަލުވުމުގެ ބައިވެރީންނަށް އަރުވާނެއެވެ.

(ށ)

 

 

މި މާއްދާގެ (ށ) ގައިވާ ފުރުސަތުގެ ބޭނުން ހިއްޕެވުމަށް ބައިވެރިން އަތް ހިއްލާލުމުން ބައްދަލުވުމުގެ ރިޔާސަތު ބައްލަވާ ފަރާތުން ބައިވެރިންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު އަރުވާނެއެވެ.

(ނ)

 

 

ބައިވެރިންގެ ވާހަކަ ދެއްކުމުގެ ފުރުސަތު ނިމުމުން ކައުންސިލަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެރުވޭނެއެވެ.

 

(ރ)

 

 

ކޮންމެ އެޖެންޑާ އައިޓަމަކާއި ގުޅިގެން މަޝްވަރާކޮށް ނިމުމުން ވޯޓުލާން ޖެހޭ ކަމެއްކަމަށް ވާނަމަ ވޯޓަށް ފުރުސަތު ހުޅުވާލެވޭނެއެވެ. ކޮންމެ ބައިވެރިއަކުވެސް ވޯޓު ލާނީ އަތް ހިއްލާލައިގެންނެވެ. އެހެންނަމަވެސް މެންބަރަކު ސިއްރު ވޯޓެއް ނަގަން އެދިއްޖެ ހާލަތެއްގައި ނުވަތަ ރިޔާސަތު ބަލަހައްޓަވާ ބޭފުޅަށް ސިއްރު ވޯޓެއް ނަގަން ފެނިއްޖެ ހާލަތެއްގައި، ޖަލްސާއަށް ހާޒިރުވެތިބި ބައިވެރިންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ ނަގަންވާނީ ސިއްރު ވޯޓެކެވެ.

(ހ)

5.

ޖަލްސާތަކުގައި ވޯޓު ދެވޭ ގޮތާއި ކަންކަން ފާސްކުރެވޭ ގޮތް

މި އުޞޫލުގައި އެހެން ގޮތަކަށް ބަޔާންނުކުރާހާ ހިނދަކު ކަންކަން ފާސްކުރަންވާނީ ޖަލްސާއަށް ޙާޒިރުވެ ތިއްބެވި ރައްޔިތުންގެ އަޣުލަބިއްޔަތުންނެވެ. ކަމަކާއިމެދު މަޝްވަރާކުރުމަށް ކައުންސިލުން ރައްޔިތުންނަށް ގޮވާލެވޭ ހިނދެއްގައި ކިތައްމެ މަދު ރައްޔިތުން ހާޒިރުވެ ވޯޓުލާ ގޮތެއް ނިންމި ނަމަވެސް އެކަމެއް ބަލާނީ އެއީ ރައްޔިތުން ނިންމި ގޮތްކަމުގައެވެ.

(ށ)

 

 

މި އުޞޫލަށް އުނި އިތުރެއް ގެނެވޭނީ އެ އުނިއިތުރެއް ގެނައުމަށް ކައުންސިލް ޖަލްސާއަކުން ފާސްކޮށް ގެޒެޓު ކުރާ ތާރީހުން ފެށިގެންނެވެ.

 

 

6.

 

އުޞޫލަށް އުނިއިތުރު ގެނައުން

 

"ކައުންސިލް" ކަމަށް ބުނެފައިއެވަނީ މި އުޞޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ އއ.އުކުޅަހު ކައުންސިލަށެވެ.

(ހ)

7.

މާނަކުރުން

"ރައްޔިތުން" ކަމަށް ބުނެފައިއެވަނީ މި އުޞޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އއ. އުކުޅަހުގައި ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ 18 (އަށާރަ) އަހަރުން މަތީގެ މީހުނަށެވެ.

(ށ)

 

 

 

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލާއި ބައްދަލުކުރުމަށް އެދޭ ފޯމު

 

ބައްދަލުކުރުމަށް އެދޭ ފަރާތްތަކުގެ މައުލޫމާތު

 

ސޮއި

އީމެއިލް

ގުޅޭނެ ފޯނު ނަންބަރު

އެޑްރެސް

ނަން

އައި.ޑީ ކާޑު ނަންބަރު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ނޯޓު: މި ގަނޑުގައި މައުލޫމާތު ނުހިމެނޭނަމަ މި ފޯމެޓަށް އެހެން ގަނޑެއްގައި މި މައުލޫމާތު ހިމެނުމަށްފަހު މި ފޯމާއެކު އެޓޭޗް ކުރަންވާނެއެވެ.

 

 

 

 

 

 

ހުށަހަޅާ މައްސަލައިގެ ޙުލާސާ:

 

 

 

 

 

 

 

 

 

ހުށަހަޅައި މައްސަލައިގެ ތަފްޞީލު:

 

 

 

 

 

 

 

 

 

 

 

 

ނޯޓު: މި ގަނޑުގައި މައުލޫމާތު ނުހިމެނޭނަމަ މި ފޯމެޓަށް އެހެން ގަނޑެއްގައި މި މައުލޫމާތު ހިމެނުމަށްފަހު މި ފޯމާއެކު އެޓޭޗް ކުރަންވާނެއެވެ.

07 ޑިސެންބަރު 2022
ހޯދާ