ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
ގްރެފިކް ޑިޒައިނަރ

މި މަޤާމަށް ކުރިން ކުރެވުނު އިޢުލާނު ނަންބަރު: 2014/29/HR/Iފ-170 އަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި އެ މަޤާމަށް ޤާބިލު ފަރާތެއް ނުހިމެނޭތީ، އެ އިޢުލާނު ބާޠިލުކުރުމަށްފަހު، އެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

ގްރެފިކް ޑިޒައިނަރ

ބޭނުންވާ އަދަދު

1 (އެކެއް)

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް:

  1. މުސާރަ: މަހަކު -/5610 ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
  3. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެމަތީން ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް:

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން:

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، މާލެ

ސެކްޝަން/ ޔުނިޓް

އިދާރީ ސެކްޝަން: އެޑްމިނިސްޓްރޭޝަން އެންޑް މެއިންޓެނަންސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ކުއްލިއްޔާއިން ތައްޔާރުކުރާ ފޮތްތަކާއި ބެނަރތަކާއި އިޢުލާނާއި އިޝްތިހާރުފަދަ ތަކެތި ޑިޒައިންކުރުން.

2- ކުއްލިއްޔާގެ ވެބްސައިޓުގެ މަސައްކަތް ބެލެހެއްޓުމާއި، ވެބްސައިޓް މެއިންޓަނަންސްކުރުން.

3- ވެބްސައިޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު (ކޮންޓެންޓް) ލިބުމުން، ވެބްސައިޓުގައި އެ މަޢުލޫމާތު ހިމެނުން.

4- ކުއްލިއްޔާގެ ކޮންޕިއުޓަރ ވިއުގަ ބެލެހެއްޓުމާއި، ވިއުގައަށް ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް، މި ޚިދުމަތް މުވައްޒަފުންނަށް ފޯރުވައިދިނުމަށް އެހީތެރިވެދިނުން.

5- ގުޅޭ ދާއިރާތަކުން ބޭނުންވާ ސޮފްޓްވެއަރ ހޯދުމާއި، އައި.ޓީ ޔުނިޓަށް ހޯދަންޖެހޭ ތަކެތި ހޯދުން.

6- ކުއްލިއްޔާގެ ކޮމްޕިއުޓަރުތަކަށް އެންޓިވައިރަސް އަޅައި، އެ އަޕްޑޭޓްކޮށް ބެލެހެއްޓުން.

7- އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.

8- ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.

9- ކުއްލިއްޔާގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ  ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ، އިންޓަރވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު، ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހަކުކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، ކުއްލިއްޔާގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ދޫކުރެވޭ ނަމޫނާއާ އެއްގޮތަށް)

ވަޒީފާއަށް އެދޭ ފޯމު ފޮނުއްވަންވީ ތާރީޚު:

2014 ޑިސެންބަރު 1 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް.

އިންޓަރވިއު އޮންނަ ތަން:

ކުއްލިއްޔާގެ މީޓިންގރޫމް.

އިންޓަރވިއުއާއި ޕްރެކްޓިކަލް ބޭއްވޭނެ މުއްދަތު:

2014 ޑިސެންބަރު 7 ން 11 އަށް.

ޝޯޓްލިސްޓްކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، ތަޢުލީމާއި ތަމްރީނާއި ތަޖުރިބާއަށް ބަލައި، 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ، ޝޯޓްލިސްޓްކުރެވޭ 5 ފަރާތާއެވެ.

އިތުރު މަޢުލޫމާތު:

ސާފުކުރުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުން އެދެމެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ