ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
މިސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ޕްލޭ އޭރިޔާ ބަދަލުކޮށް، އަޕްގްރޭޑް ކުރުން

ނަންބަރ: GS60(B)/2022/032 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. ފައުންޑޭޝަން ސްޓޭޖްގެ ޕްލޭ އޭރިޔާ ބަދަލުކޮށް، އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކޮށްފައިވާ މި ސްކޫލުގެ ނަންބަރުGS60(B)/2022/005  (16 ފެބްރުއަރީ 2022) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުޞަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ.
  2. މިއީ މިކަމާ ގުޅިގެން ކުރެވޭ ތިންވަނަ އިޢުލާނެވެ.
  3. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  4. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޑިސެންބަރު 06 އިން 2022 ޑިސެންބަރު 14ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2022 ޑިސެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 20 ވާ އަންގާރަ ދުވަހުގެ 11:30 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  7. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  8. މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533 ، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/e/1FAIpQLSezRdz4Z0nCqXErfzEATPv3vnECCv1Vu7BKtgpC0W9xYVArSg/viewform                  

                               12 ޖުމާދަލްއޫލާ 1444                   

                               06 ޑިސެންބަރު 2022               

06 ޑިސެންބަރު 2022
ހޯދާ