ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދު އަތޮޅުދެކުބުރީ ވާދޫގެ ޓޮޕޮގްރަފިކް ސާރވޭ އަދި ލޭންޑްޔޫސް ޕްލޭން ތައްޔާތުކޮށްދޭނެ ފަރާތެއް ހޯދުން

 

 

އިޢުލާން

ނަންބަރ:

 (IUL)421/421/2022/41

ތާރީޚް

‏ 12 ޖުމާދިލްޢޫލާ 1444

 06 ޑިސެމްބަރ 2022

 

ހުވަދުއަތޮޅު ދެކުނުބުރީ ވާދޫގެ ޓޮޕޮގްރަފިކް ސާރވޭ އަދި ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

         މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ގދ.ވާދޫގެ ޓޮޕޮގްރަފިކް ސާރވޭ އަދި ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު 18 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބް  ހުށަހެޅުއްވުންއެދެމެވެ. މި މަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި ކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ބިޑް ޑޮކިޔުމަންޓް ފޯރުކޮށްދެވޭނެ އެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

 

ސުރުޚީގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކައުންސިލްގައި ރަޖިސްޓްރީކުރަންވާނެއެވެ. އެގޮތުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށްޓަކައި، މި ކައުންސިލްގެ އީމެއިލް އެޑްރެހަށް،([email protected]) މި އިޢުލާނުގެ އިޢުލާނު ނަންބަރާ ހަވާލާދީ، ކުންފުނި/ވިޔަފާރީގެ ނަމާއި، ގުޅޭނެ ފަރާތުގެ މަޢުލޫމާތާއި ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް އީމެއިލް ކުރަންވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. ރެޖިސްޓްރޭޝަން ކުރިޔަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2022 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

 

          މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 

          ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

          ބީލަން ހުށަހަޅާނީ ބީލަން ހުޅުވާ ބައްދަލުވުމުގައެވެ. ބީލަން ހުޅުވާ ބައްދަލުވުން އޮންނާނީ 18 ޑިސެމްބަރ 2022 ވާ އާދީއްތަ  ދުވަހުގެ މެންދުރުފަހު 13:00 ގައި ހުވަދުއަތޮޅު ދެކޮނުބުރީ ވާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުޅުވާނީ ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ. ބަދަލުގައި ފަރާތެއް ފޮނުވާނަމަ ހާޟިރުވާނީ ބީލަންވެރިޔާގެ ސިޓީއަކާއެކުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

 

        މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2022 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު، ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން: 6840005

ނޯޓް:

      މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ހުވަދުއަތޮޅު ދެކޮނުބުރީ ވާދޫ ކައުންސިލް އިދާރާ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ. 

 

 

 

 

 

 

                                                        ޙަސަން ޢަބްދުﷲ

                                                       ކައުންސިލްގެ ރައީސް

 

06 ޑިސެންބަރު 2022
ހޯދާ