މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފަޔަރ 2 ޓްރަކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮޖެކްޓް ނަންބަރު: 89/TEB/2014

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ބޭނުމަށް، ހދ.ހަނިމާދޫ އަދި ލ.ކައްދޫ އެއަރޕޯޓަށް ބޭނުންވާ ފަޔަރ 2 ޓްރަކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)13-K/13/2014/230) އިއުލާނު ބާޠިލުކޮށް، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/80,000ރ (އަށްޑިހަހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

3. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 24 ނޮވެންބަރު 2014 އިން 1 ޑިސެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/1,500 (ފަނަރަސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

4. މިޕްރޮޖެކްޓްތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2 ޑިސެންބަރު 2014ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

5. ބިޑް ހުޅުވުން އޮންނާނީ 8 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

20 ނޮވެންބަރު 2014
ހޯދާ