އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު - މި ސްކޫލްގައި ނަރުދަމާ ޚިދުމަތް ބޭނުންކުރަން ފެށުމަށް ބޭނުންވާ ދާގަނޑު ޖަންކްޝަން ހެދުމާއި ފާޚާނާ ހޮޅިތައް ޖަންކްޝަނާއި ގުޅުމުގެ މަސައްކަތް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގައި ނަރުދަމާ ޚިދުމަތް ބޭނުންކުރަން ފެށުމަށް ބޭނުންވާ ދާގަނޑު ޖަންކްޝަން ހެދުމާއި ފާޚާނާ ހޮޅިތައް ޖަންކްޝަނާއި ގުޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ‏2022‏ ޑިސެންބަރު 13‏ ވާ އަންގާރަ‏ ދުވަހުގެ 13:00 ގެ ކުރިން އުލިގަމު ސްކޫލަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް އަގު ހުށަހަޅާ ފޯމް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

2. މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ސްކޫލް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.

3. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2022‏ ޑިސެންބަރު 12‏ ވާ ހޯމަ‏ ދުވަހުގެ 14:00 ގެ ކުރިން އުލިގަމު ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނަންބަރާ ގުޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2022
ހޯދާ