ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަން ޓީޗަރ (ވޭޖް)

އިޢުލާނު

މަޤާމު:

ޓީޗަރ

ސްޕެޝަލައިޒޭޝަން

ހެލްތު އެންޑް ޕިޒިކަލް އެޑިޔުކޭޝަން

މަޤާމުގެ ނަންބަރު:

J-358098

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން (ވަގުތީ)

މަޤާމުގެ ރޭންކު:

ޓީޗަރ، ރޭންކް 3

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކު 8

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޮޅިވަރަމު ސްކޫލް، ހދ.ނޮޅިވަރަން.

މުސާރަ އާއި އެލަވަންސް ތައް:

އެޓަންޑެންސް އެލަވަންސް

ޖޮބް އެލަވަންސް

މުސާރަ

ޓީޗަރ ރޭންކް

-/157 ރުފިޔާ

-/5791 ރުފިޔާ

-/12409 ރުފިޔާ

ރޭންކް 3

 

މުއްދަތު:

ވަޒިފާ ހަމަޖެހޭ ތާރީޚުން ފެށިގެން 2023 ޖޫން 30 ގެ ނިޔަލަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޙަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުން
2. ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން
3. ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމައޫލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން
4. ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި (ސްކީމްއޮފް ވަރކް، ލެސަންޕްލޭން، މާރކްސްޝީޓްފަދަ) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޙަވާލުކުރުން
5. އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާޢިދުތަކާއި ސްކޫލު ކުދިންގެ ގަވާޢިދުތަކާއި ސްކޫލުގެ ގަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން
6. ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފްގަޑިތަކަށް ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރިގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން
7. ޙަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން
8.ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން
9.ސިނކުޑީގެ ނުކުޅެދުންތެރިކަން ހުންނަކުދިންފިޔަވައި އެހެންހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށް ދިނުން
10. ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން
11. ފިލާވަޅުތަކާއިގުޅޭގޮތުން ކްލާސްރޫމުގައި ޑިސްޕްލޭކުރުން
12. ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން
13. ސްކޫލުން ކުރިއަށްގެންދާ ޚާއްސަމަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
14.ސްކޫލުގެ ހުރިހާ ވަސީލަތްތައް (ލައިބްރަރީ، އިންޓަރނެޓް، ސްމާޓްބޯޑް ފަދަ) ދަރިވަރުންނަ އެންމެ ފައިއިދާހުރިގޮތަކަށް ބޭނުންކުރުން
15. ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން
16. ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން
17. ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން
18. ކްލަބް ޖަމްޢިއްޔާތަކާއި، ޔުނީފޯމްޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމަޔަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން
19. ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލުގެ ސިއްރުތައް ހިފެހެއްޓުން
20. ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

ޓީޗަރ، ރޭންކް 2

. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާސިލުކޮށްފައިވުން.

ނުވަތަ؛

  1. 2. ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލުކޮށްފައިވުން.

 

ކިޔަވައިދިނުމުގެ ދާއިރާ:

ޓީޗަރ

ނޯޓް: ޓީޗަރެއްގެ ޒިންމާ އަދާ ކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތީގެ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއިން މަތީ ތަޢުލީމް ހާސިލު ކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 އަކަށްވުރެ މަތިން ޓީޗިންގ ދާއިރާގެ ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަ ކުރައްވާފައިވާނަމަ، އެސެޓްފިކެޓް ކިޔަވައިދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުން ކުރެވޭނެއެވެ.

ތަޢުލީމީ ދާއިރާ

-          އެޑިޔުކޭޝަން

-          ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަން

-          ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 ގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުޠު ހަމަވުން

ޓީޗަރ ރޭންކް 1 ގެ ޝަރުޠު ފުރިހަމަވުން

20

ޓީޗަރ ރޭންކް 2 ގެ ޝަރުޠު ފުރިހަމަވުން

30

ޓީޗަރ ރޭންކް 3 ގެ ޝަރުޠު ފުރިހަމަވުން

35

ތަޖުރިބާ

އަސާސީ ޝަރުތައްވުރެ އިތުރުވާ ތަޖުރިބާ

05

އިންޓަރވިއު

25

ޕްރެކްޓިކަލް

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޑިސެންބަރު 11 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ނޮޅިވަރަމު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް ، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އަދި ޕްރެކްޓިކަލް އޮންނާނީ، 2022 ޑިސެންބަރު 20 އާއި 30 އާ ދެމެދު، ނޮޅިވަރަމު ސްކޫލު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް މި މުއްދަތަށް ނެގުމަށް ހަމަޖެހިފައިވެއެވެ.

މަޤާމުގެ ގިންތި: (ވޭޖް އެންޕްލޯއިމަންޓް އުޞޫލުން)

މުއްދަތު:      ވަޒީފާ ހަމަޖެހޭ ތާރީޙުން ފެށިގެން 2023 ޖޫން 30 ގެ ނިޔަލަށް

އުޖޫރަ:       ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00ރ

1500.00ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00ރ

1500.00ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00ރ

2500.00ރ

އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް:

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.   

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520555 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

05 ޑިސެންބަރު 2022
ހޯދާ