ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކިނބިދޫ ސްކޫލުގެ އަލިމަސް ޔޫބީލް ލޯގޯ ފަރުމާކުރުން

 

ކިނބިދޫ ސްކޫލުގެ އަލިމަސް ޔޫބީލް ލޯގޯ ފަރުމާކުރުން

ކިނބިދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ރޭވިފައިވާ އެކި ޙަރަކާތްތަކާއި މިކަމާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު  މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  •    75 އަހަރު ފުރޭ ތާރީޚް: 8 ޖަނަވަރީ 1949 އިން 8 ޖަނަވަރީ 2024

 

 1.   އެއްވަނައަށް ހޮވޭ ލޯގޯ

1.1    އެއްވަނައަށް ހޮވޭ ލޯގޯއަކަށް 2000.00ރ (ދެހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

 

2.   ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

2.1    މި ލޯގޯއަކީ އެއްވެސް މުޢައްސަސާއަކުން ބޭނުންކުރަމުންދާ ނުވަތަ ބެނުންކޮށްފައިވާ ލޯގޯއެއްގެ ކޮޕީއެއް ކަމުގައި ވެގެން ނުވާނެއެވެ

2.2   ފަރުމާ ކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންނާނެއެވެ. އެހެން ފަރާތަކަށް ނިސްބަތްވާ އެއްޗެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ. 

2.3    އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ވެގެން ނުވާނެއެވެ.

2.4    މި ލޯގޯއަކީ ކިނބިދޫ ސްކޫލަށް 75 އަހަރު ފުރުން ރަމްޒުކޮށްދޭ ލޯގޯއަކަށް ވާންވާނެއެވެ.

2.5    ލޯގޯ ފަރުމާކުރުމުގައި ކޮންމެ ކުލައެއްވެސް ބޭނުންކުރެވިދާނެއެވެ. 

 

 3.    ލޯގޯއާއެކު ހުށަހަޅަންޖެހޭ ތަކެތި

3.1    ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ހުށަހަޅަންވާނެއެވެ.

3.2    ލޯގޯގައި ބޭނުންކުރާ ފޮންޓާއި ސައިޒު ހުށަހެޅުން

3.3    ލޯގޯގައި ބޭނުންކޮށްފައިވާ ކުލަކޯޑުތައް

3.4    ލޯގޯ ރަމްޒުކޮށްދެނީ ކޮން ކަންތައްތަކެއްކަން ލިޔުމުން ހުށަހަޅަންވާނެއެވެ.

3.5    ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާ ނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ސްކޫލަށް ދޭކަން އަންގައިވޭ ލިޔުމެއް.

3.6    ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯ އެވެ.

 

 4.    މާކްސް ދެވޭނެ ގޮތުގެ ތަފްޞީލް

4.1    ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތައްތޯ ބަލާ ފާސްކުރުން

4.2    ލޯގޯތައް ބަލައި މާކްސް ދޭނީ މިކަމަށް އެކުލަވާލެވިފައިވާ ކޮމިޓީއަކުންނެވެ.

4.3    ލޯގޯގެ ފެންވަރާއި ކޮލިޓީ މިންވަރު.

4.4    ކިނބިދޫ ސްކޫލަށް 75 އަހަރު ފުރުން ރަމްޒުކޮށްދޭ މިންވަރު

 

5.     ލޯގޯ ހުށަހަޅަންވީ ސުންގަޑި

5.1   މިކަމަށް ޝައުގުވެރިވެލައްވާ ފަރަތްތަކުން މަތީގައިވާ މިންގަނޑުތަކާ އެއްގޮތައް ލޯގޯ ފަރުމާކޮށް 30 ޑިސެންބަރު 2022 ވަނަ ދުވަހުގެ 12:00 ގެކުރިން ލޯގޯގެ ޑިޒައިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނަމަ މިސްކޫލުގެ އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު މި ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން: 6780098

އީ-މެ އިލް: [email protected]

 

10 ޖުމާދަލްއޫލާ 1444

4 ޑިސެންބަރު 2022

 

 

04 ޑިސެންބަރު 2022
ހޯދާ