ކުމުންދޫ ސްކޫލް
ދިވެހިރާއްޖެ
ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

 

 

1. ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

2. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރު 05 އިން 2022 ޑިސެމްބަރު 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބަރު 08 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

 

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ޑިސެމްބަރު 11 ވާ އާދިއްތަ ދުވަހުގެ 10:00 ގައިމިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. ބިޑް ހުށައެޅޭނީ ކަނޑައެޅިފައިވާ ތާރީޚްގައި ނަން ނޯޓްކޮށް، މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

 

6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ޑިސެމްބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ކުމުންދޫ ސްކޫލް

ހދ. ކުމުންދޫ، ދިވެހިރާއްޖެ

ފޯން: 6520531

 އީ-މެއިލް:[email protected]  

 

 

11 ޖުމާދަލްޢޫލާ 1443

05 ޑިސެންބަރު 2022
ހޯދާ