މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލްތަކުގެ ދަރިވަރުންނަށް ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިމިނިސްޓްރީން ޤާއިމުކޮށްފައިވާ ހެލްޕްލައިންގައި މަސައްކަތްކުރުމުގެ ފުރުސަތު

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު 

ސްކޫލްތަކުގެ ދަރިވަރުންނަށް ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިމިނިސްޓްރީން ޤާއިމުކޮށްފައިވާ ހެލްޕްލައިންގައި މަސައްކަތްކުރުމުގެ ފުރުސަތު، ސްކޫލްތަކުގައި މަސައްކަތްކުރައްވާ ކައުންސެލަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މިމިނިސްޓްރީގެ ނަންބަރު (IUL)22-PU/22/2022/290 އިޢުލާނާ ގުޅިގެން ހުޅުވާލި ފުރުސަތުގައި، އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައިނުވާތީ، މިކަމަށް ޝައުޤުވެރިވާ އިތުރުފަރާތްތައް ހޯދުމަށް ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

ނޯޓް: މި މަސައްކަތްކުރުމަށް މީހަކު ކަނޑައަޅާނީ ތަޢުލީމާ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިގެންނެވެ.

ޕްރޮޕޯސަލް ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2022 ޑިސެންބަރު 11 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ލިންކް: bit.ly/3FcTMYh

ނޯޓް: "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ހުރިހާ ލިޔުންތަކެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮޕޯސަލް އެޑްރެސް ކުރަންވީ ފަރާތް:

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

ފޯން: 3341403,3341436

04 ޑިސެންބަރު 2022
ހޯދާ