ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޕާޓްމަންޓްތަކެއް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯ ކިއު އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

                  މިކައުންސިލުންދޭ ކޮންސެޕްޓަކާއި އެއްގޮތަށް އެޕާޓްމަންޓްތަކެއް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯ ކިއު އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާގޮތަށް މިކައުންސިލްގެ އިދާރާގެ ނަންބަރު 6700720 ފޯނަށް ގުޅުއްވައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ.

                  އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ފެލިދޫ ކައުންސިލް އެޕާޓްމަންޓްސް ކުރެހުން ތައްޔާރުކުރުން" މިހެން ލިޔެފައި އަދި ކުންފުނި ނުވަތަ ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

ރަޖިސްޓްރޭޝަން

6 - 7 ޑިސެމްބަރު 2022

އަންގާރަ، ބުދަ

8:00 - 14:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

މަޢުލޫމާތު ދިނުން (އޮންލައިން)

8 ޑިސެމްބަރު 2022

ބުރާސްފަތި

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

ބިޑް ހުށަހެޅުން

11 ޑިސެމްބަރު 2022

އާދިއްތަ

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

           

މާކްސް ދެވޭނެގޮތް:

  1. މަސައްކަތު ތަޖުރިބާ: މަސައްކަތާއި ގުޅުންހުރި ތަޖުރިބާގެ ލިޔުމެއް ހުށަހަޅާފައިވާނަމަ ލިބޭނީ 10 ޕަސެންޓެވެ.
  2. މަސައްކަތުގެ އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ 75 ޕަސެންޓެވެ.
  3. މުއްދަތް: ހުށަހަޅާ އެންމެ ކުޑަ މުއްދަތަށް ލިބޭނީ 15 ޕަސެންޓެވެ.  

 

                  ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

04 ޑިސެންބަރު 2022
ހޯދާ