ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިދައާއި ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

ދިދައާއި ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަންބަރު(IUL)373-MS/INDIV/2022/32 : ( 03 އޮކްޓޫބަރު 2022 ) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ މިކައުންސިލްގެ ދިދައާއި، ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާޠިލްކުރުމަށްފަހު މިކައުންސިލްގެ ދިދައާއި، ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އެފުރުޞަޠު ހުޅުވާލަމެވެ. ހުށަހަޅާ ދިދައާއި، ލޯގޯގެ ތެރެއިން މިކައުންސިލްގައި ބޭނުން ކުރުމަށް ކައުންސިލުން ފާސްކޮށް ހޮވޭ ދިދައާއި ލޯގޯ ހުށަހެޅި ފަރާތަކަށް 5,000.00( ފަސްހާސް ) ރުފިޔާ ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ދިދައާއި ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

  1. އެއްވެސް މުއައްސަސާއަކުން ބޭނުން ކުރަމުންދާ ދިދައާއި ލޯގޯގެ ކޮޕީއަކަށް ނުވުން
  2. އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން.
  3. ރަށުގެ ޤަދީމީ ތާރީޚް ނުވަތަ ރަށަށް ނިސްބަތްވާ ޚާއްޞަ ސިފަތަކެއް ރަމްޒުކޮށްދޭ އެއްޗަކަށްވުން
  4. ޑަސްޓީ ގޯލްޑް، ރަތް، ހުދު، ފެހި މި 04 ކުލަ ބޭނުން ކޮށްގެން ފަރުމާކޮށްފައިވާ ދިދައާއި ލޯގޯއަކަށްވުން
  5. 2cm x 2cm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  6. މެޓަލްގައި ފަސޭހައިން ތައްޔާރުކުރެވޭ އަދި ލަކުޑިއަށް ފަސޭހައިން ބޭނުން ކުރެވޭ ލޯގޯއަކަށް ވާންވާނެއެވެ.
  7. ހުށަހަޅާ ލޯގޯގެ ކުލަ އަދި ބުލެކް އެންޑް ވައިޓް ހާޑުކޮޕީއާއި ސޮޕްޓްކޮޕީ ( ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް ) ހުށަހަޅަންވާނެއެވެ.
  8. ދިދައާއި، ލޯގޯ ރަމްޒުކޮށްދެނީ ކޮންކަންތައްތަކެއްކަން ލިޔުމުން ހުށަހެޅުން
  9. ކުރިމަތިލާ ކޮންމެ ފަރާތަކުންވެސް ދިދައާއި ލޯގޯ ހުށަހަޅަންވާނެއެވެ.

މިކައުންސިލްގެ ދިދައާއި ލޯގޯ ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022ޑިސެންބަރު 27 ވާ އަންގާރަ ދުވަހު މފ 13:30 ގެ ކުރިން ފަރުމާކޮށްފައިވާ ދިދައާއި، ލޯގޯ އަދި ފަރުމާކުރެއްވި ފަރާތުގެ ވަނަވަރު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " ފ. ދަރަނބޫދޫ ކައުންސިލްގެ ދިދައާއި ލޯގޯ ފަރުމާކުރުން " ޖައްސަވަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740015 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2022
ހޯދާ