މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކަށް ވަގުތީ މުވައްޒަފުން ހަމަޖެއްސުމާއި ގުޅޭ.

މަޤާމް :މިސްކިތްތަކަށް ވަގުތީ މުވައްޒަފުން
ބޭނުންވާ އަދަދު :1

އިޢުލާނު

 

 

  •  މިސްކިތްތަކަށް ވަގުތީ މުވައްޒަފުން ހަމަޖެއްސުމާއި ގުޅޭ.

 

މިރަށުގެ ދެމިސްކިތުގައި ވަޒީފާ އަދާކުރައްވާ ދާއިމީ މުދިމުންނާއި މަސައްކަތު މީހުން އަހަރީ ޗުއްޓީ ނެގުމުން އަދި ސަލާމް ބުނުމުން ނުވަތަ އާއިލީޒިންމާ ޗުއްޓީނެގުމުން ވަގުތީގޮތުން މުދިންކަން ކޮށްދޭނޭ މީހުންނާއި، މަސައްކަތު މީހުންގެ ވަޒީފާ އަދާކުރުމަށް ނެގިފައިވާ ޕޫލްގައި ތިއްބަވާ ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ ، މިމަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 08 ޑިސެމްބަރ 2022 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާ އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އައިޑީކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.  

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.

   

07 ޖުމާދަލްއޫލާ 1444

01 ޑިސެމްބަރ 2022

 

 

01 ޑިސެންބަރު 2022
ހޯދާ