މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2022" ގެ ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

އިޢުލާން

"ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2022"ގެ ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

"ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2022" ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތަށް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ވީމާ ފުޓްސަލް މުބާރާތް ކުރިއަށް ދާއިރު ތިރީގައި މިދަންނަވާ މަސައްކަތްތަށް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ޑިސެންބަރ 2022 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ ސިޓީއަކާއެކު އަގު ހުށަހެޅުއްވުން އެދެމެވެ.

އައުޓްސޯސް ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތް:

  • މުބާރާތުގެ ބެނާ ގޭޓު ހެދުން.
  • ގޯލު ދާގަނޑު ބަދަލުކުރުން.
  • މުބާރާތްކުރިއަށް ދާއިރު ސައުންޑުގެ ހުރިހާ މަސައްކަތެއް ކުރުން.
  • ހުރިހާ މެޗެއްގެ ފޮޓޯ ނެގުން (ފެށުމުގެ ރަސްމިއްޔާތުގެ އިތުރުން ކޮންމެ މެއްޗެއްގެ 6 ފޮޓޯ، ފޮޓޯހުންނަންވާނީ ޑިޒައިންކުރެވިފައި، މުބާރާތުގެ ނަމާއި ކައުންސިލްގެ ނަމާއި ލޯގޯ ހިމެނިފައި އަދި ކޮންމެ މެއްޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ 1 ގަނޑު ފޮޓޯ އިނުން)
  • ފައިނަލް މެޗުގެ ފޮޓޯ ނެގުން (ފައިނަލް މެޗުގެ 6 ފޮޓޯގެ އިތުރުން މަޤާމްތަކަށް ދިޔަ ފަރާތްތަކުގެ ފޮޓޯ ނެގުން)
  • ހުރިހާ މެޗެއް ލައިވްކުރުން.
  • މުބާރާތުގެ ޕޮއިންޓް ޓޭބަލް އަދި ފޭސްބުކް ޕޯސްޓު ހެދުން.
  • ދަނޑުތައްޔާރު ކުރުމުގެ ގޮތުން ދިދަ ދެމުމާއި ބެނާ ހަރުކުރުން.
  • ހުރިހާ މެޗެއް ފެށުމުގެ ކުރިން ގޮނޑިޖެހުން.
  • މުބާރާތް ފެށުމުގެ ކުރިނާއި މުބާރާތް ނިމުމުން ދަނޑުގެ ކުނިތަށް ނެގުން.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                07 ޖުމާދަލް އޫލާ 1444

                                 29 ނޮވެމްބަރ 2022  

 

 

 

 

29 ނޮވެންބަރު 2022
ހޯދާ