މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

-/6,295 ރުފިޔާ

-/2,000 ރުފިޔާ

މުސާރައިގެ %35

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދުނިޔޭގެ އިޤްތިޞާދަށާއި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ހުރި ގުޅުމުގެ މައްޗަށް ބަލައި ކަމާބެހޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމުގައި އެހީތެރިކަން ދިނުން؛
  2. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އަދި މިބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލެވޭ ސިޔާސަތުތަކާއި، ސްޓްރެޓަޖީތަކާއި، ޕްރޮގްރާމްތަކާއި އަދި މަޝްރޫޢުތަކުގައި "އިކޮނޮމިކް އިމްޕެކްޓްސް" ހިމަނައި، އެފަދަ އަސަރުތައް ވަޒަންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  3. ދުނިޔޭގެ ފެންވަރުގައި ހިންގޭ ކާބަން މާކެޓްތައް (މިސާލަކަށް: އީ.ޔޫ އެމިޝަން ޓްރޭޑިންގ ސްކީމް، ޗައިނީސް ނެޝަނަލް ކާރބަން ޓްރޭޑިންގް ސްކީމް) އާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކާރަބަން މާރކެޓްތަކެއް ކުދި ޖަޒީރާ ޤައުމުތަކުގައި ހިންގިދާނެތޯ ބެލުމާއި، އަދި މިފަދަ މާކެޓަކުން އިޤްތިސާދީގޮތުން ކޮށްފާނެ އަސަރާބެހޭ މަޢުލޫމާތު އެއްކުރުމުގައި އެހީތެރިވެދިނުން؛
  4. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް އެކިފެންވަރުގައި ހިންގޭ ޕްރޮގްރާމްތައް ހިންގުމުގައި "މާކެޓް މެކޭނިޒަމް" ގެ ބޭނުން ހިފުމަށް ބާރުއެޅުމުގެ ގޮތުން، މީގެ ތެރެއިން ރާއްޖެއަށް އެކަށީގެންވާ ނިޒާމުތައް ތަޢާރުފު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  5. ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުން ކުރެވެމުންދާ އެކި ކަހަލަ އެންވަޔަރަންމެންޓަލް ޓެކުސް، ނުވަތަ ކާބަންޓެކުސް އާބެހޭ މަޢުލޫމާތު އެއްކޮށް، މިފަދަ "ޓެކްސް ރެޖީމް" ތައް ދިރާސާކޮށް، މީގެ ތެރެއިން ރާއްޖޭގައި ހިންގިދާނެ ނުވަތަ ކުރެވިދާނެ ކަންތައްތައް ބެލުމުގައި އެހީތެރިވެދިނުން؛
  6. ކާރބަން މަދު އިޤްތިޞާދަކަށް މަގުފަހިކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި، މަޝްރޫޢުތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  7. މަސައްކަތާ ގުޅުންހުރި ދާއިރާތަކުން، ރާއްޖޭގެ އެތެރެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކާއި، ޖަލްސާތަކުގައި ބައިވެރިވެ މިކަމުގައި މިނިސްޓްރީގެ ސިޔާސަތު ހާމަކުރުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެށްޓާއި ހަކަތައާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  3. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތާކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  4. ދިވެހިރާއްޖޭގެ ތިމާވެށްޓާއި އޭގެ ނާޒުކުކަމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ މިންވަރު.
  5. ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  6. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާނު ކުރުން 07 ޑިސެންބަރު 2014 އާއި 31 ޑިސެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ