ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގެ އޮފީހަށް ބޭނުންވާ އައިޓީ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 04 ޑިސެންބަރު 2022 13:46 ގައި ބާތިލް ކުރެވިފައެވެ.


ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގެ އޮފީހަށް ބޭނުންވާ އައިޓީ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 30 ނޮވެންބަރު 2022 އިން 4 ޑިސެންބަރު 2022 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ ނުވަތަ މެއިލްކޮށްގެނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 50/- (ފަންސާސް ރުފިޔާ) ގެ ނޮން-ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. އަދި، ބީލަމުގައި ރަޖިސްޓްރީކުރެވުނީކަމުގައި ބަލާނީ، ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. އަދި، ރަޖިސްޓްރީ ނުކުރައްވާ ފަރާތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

  • ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ.

މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ރަޖިސްޓްރީކުރެއްވުމުން  މި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ، 05 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 8 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 8 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

 ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލާއި، އެހެނިހެން މަޢުލޫމާތު ބިޑް ޑޮކިއުމެންޓްގައި ހިމަނާފައިވާނެއެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 ޖުމާދަލްއާޙިރު 1444

29 ނޮވެންބަރު 2022

29 ނޮވެންބަރު 2022
ހޯދާ