ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޖެޓީ ޕޯސްޓް އޮފިސަރ (ޝިފްޓް ޑިޔުޓީ)

މަޤާމު: ޖެޓީ ޕޯސްޓް އޮފިސަރ (ޝިފްޓް ޑިޔުޓީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:  ތިލަފުށި

ސެކްޝަން:  އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

1. ޖީ.ސީ.އީ.އޭ ލެވެލް ފެންވަރު ހުރުން ނުވަތަ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ދިވެހި އަދި އިނގިރޭސިބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތުކުރަން އެނގުން.

3. މަސައްކަތުގެ މާޙައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

4. ތިލަފުށީގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ތިލަފުށި ޖެޓީ ސަރަޙައްދު އޮޕަރޭޝަން ޑިޕާޓްމަންޓްގެ އިސްވެރިޔާ އަންގާ ގޮތުގެ މަތިން ބެލެހެއްޓުން.

2. ޖެޓީއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ރަސީދުތައް ހެދުން.

3. ޝިފްޓް ބަދަލުވާއިރު ބަލައިގެންފައިވާ ފައިސާގެ އަދަދުތައް ހަމަކުރުމާއި ދިމާކުރުން.

4. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތައް ހުންނަނީ ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި، ހުންނަންޖެހޭ ގަވައިދުތަކަށް ފެތޭގޮތަށްތޯ ބެލުން.

5. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ ބާލައި އަރުވާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފައިސާ ނެގުން.

6. ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ ބާލައި އަރުވާ އުޅަނދުތައް މޮނީޓަރކޮށް ރެކޯޑު ކުރުން.

7. ޖެޓީ ބޭނުންކުރުމުގެ ގަވާއިދުތައް ތަންފީޒުކޮށް ޢަމަލީގޮތުން ހިންގުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑެންސް އެލަވަންސާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހުގެ ތާރީޚު:

27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީމަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުއްވުން އެދެމެވެ.
އީމެއިލުން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައިއޮފީހުން ލިބެން ހުންނާނެ )

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)

6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

18 ނޮވެންބަރު 2014
ހޯދާ